logoEN
Sto top
ޕާކިސްތާނުގެ ލާހޯރާއި ކަރާޗީގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

ޕާކިސްތާނުގެ ލާހޯރާއި ކަރާޗީގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

އަހުމަދު ޝުރާއު

logo

5/6/2025, 10:29:40 PM

# އިންޑިއާ - ޕާކިސްތާނު

ޕާކިސްތާނުގެ މައި ދެ ސިޓީގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ.

Wamco

ޕާކިސްތާނުން ވައިގެ ސަރަހައްދު ބަންދުކޮށްފައިވަނީ ލާހޯރުގެ އިތުތުން ކަރާޗީ ސަރަހައްދުގެ ވައިގެ ސަރަހައްދެވެ. މި ދެ ސަރަހައްދު ބަންދުކޮށްފައިމިވަނީ އިންޑިއާިއން މިރޭ ކުއްލި ގޮތަކަށް ޕާކިސްތާނަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދިނުމާއި ގުޅިގެންނެވެ.

ޕާކިސްތާނުން މިރޭ ކުއްލި ގޮތަކަށް ނޯޓިސް ނެރެފައި ވަނީ އިންޑިއާގެ ވައިގެ ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ ލާހޯރުގެ ވަށައިގެންވާ ވައިގެ ސަރަހައްދާއި ކަރާޗީގެ ވައިގެ ސަރަހައްދު ބަންދުކުރުމަށެވެ. އެގޮތުން މިރޭގެ 4:30 ގައި އަމަލުކުރަން ފެށި މި ނޯޓިސްގެ މުއްދަތު ހަމަވާނީ މާދަމާގެ މެންދުރު ފަހަށެވެ.

ފްލައިޓްރާޑާ24ގެ ފްލައިޓް ޑޭޓާތަކަށް ބަލާއިރު، ކުއްލި ނޯޓިސްގެ ސަބަބުން ޕާކިސްތާނުގެ ވައިގެ ސަރަހައްދާއި ކައިރީން ދަތުރުކުރަމުންދާ ހުރިހާ ބޯޓުތަކެއް މިހާރު އަންނަނީ ޑައިވާޓްކުރަމުންނެވެ.

"އޮޕަރޭޝަން ސިންދޫރު" ގެ ނަމުން ނަންދެވި އިންޑިއާއިން ފެށި ޚާއްސަ އޮޕަރޭޝަނާއި ގުޅިގެން އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނީ ޕާކިސްތާނުގައި ނިރުބަވެރިންގެ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާއަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގަމްގައި މިދިޔަ މަހު ދިން ހަމަލާގައި 26 މީހުން މަރުވި ހާދިސާއާއި ގުޅިގެން ނިރުބަވެރިންނަށް އަމާޒުކޮށް ފެށި ހަމަލާތަކެއް ކަމަށް އިންޑިއާ އަސްކަރިއްޔާއިން ވަނީ ބުނެފައި އެވެ. ޕަހަލްގަމްއަށް ދިން ހަމަލާގެ އަޑީގައި ޕާކިސްތާނުގެ ސަރުކާރުގެ އަތެއް ވާކަަމަށް އިންޑިއާއިން ތުހުމަތު ކުރި ނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ، އެކަން ހިނގި ގޮތުގެ "ނިއުޓްރަލް" ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ.

އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ފެށި ހަމަލާތަކުގައި އިންޑިއާ އަސްކަރިއްޔާއިން ވަނީ ޕާކިސްތާނުގެ 7 ސަރަހައްދަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި އެވެ. ހަމަލާގައި މިހާތަނަށް 3 މީހަކު މަރުވެފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ ބުނެފައި އެވެ.

މި ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުގެ އިސް އޮފިޝަލުން ބުނާގޮތުގައި މިއީ " ހަނގުރާމައިގެ" ފެށުމެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރުވެސް މި ހަމަލާތައް ސިފަކުރެއްވީ އިންޑިއާއިން ހަނގުރާ ފެށުން ފަދައިންނެވެ.

އިންޑިއާއިން ފެށި މި ހަމަލާތަކާއި އެކު މާގިނަ އިރުތަކެއް ނުވެ ޕާކިސްތާނުން ވެސް ވަނީ ރައްދު ހަމަލާތައް ފަށާފައި އެވެ. އެގޮތުން ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާގެ ޖެޓުތަކެއް ވަނީ ވައްޓާލާފައި އެވެ. ނަމަވެސް އަދި މިހާތަނަށް އެކަން ކަށަވަރުވެފައި ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside