
އިންޑިއާއި ޕާކިސްތާނާއި ދެމެދު "ހަނގުރާމަ" ފެށިއްޖެ: ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް!
# އިންޑިއާ - ޕާކިސްތާނުއިންޑިއާއާއި ޕާކިސްތާނާއި ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފަށައިފި އެވެ.

މި ހަމަލާބަަދަލުކުރުންތައް ފެށިފައިވަނީ އިންޑިއާއިން މިރޭ ޕާކިސްތާނަށް ދިން ކުއްލި ވަރުގަދަ ހަމަލާތަކާއި ގުޅިގެންނެވެ. "އޮޕަރޭޝަން ސިންދޫރު" ގެ ނަމުން ނަންދެވި ފެށުނު މި ޚާއްސަ އޮޕަރޭޝަނާއި ގުޅިގެން އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނީ ޕާކިސްތާނުގައި ނިރުބަވެރިންގެ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާއަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގަމްގައި މިދިޔަ މަހު ދިން ހަމަލާގައި 26 މީހުން މަރުވި ހާދިސާއާއި ގުޅިގެން ނިރުބަވެރިންނަށް އަމާޒުކޮށް ފެށި ހަމަލާތަކެއް ކަމަށް އިންޑިއާ އަސްކަރިއްޔާއިން ވަނީ ބުނެފައި އެވެ. ޕަހަލްގަމްއަށް ދިން ހަމަލާގެ އަޑީގައި ޕާކިސްތާނުގެ ސަރުކާރުގެ އަތެއް ވާކަަމަށް އިންޑިއާއިން ތުހުމަތު ކުރި ނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ، އެކަން ހިނގި ގޮތުގެ "ނިއުޓްރަލް" ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ.
އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ފެށި ހަމަލާތަކުގައި އިންޑިއާ އަސްކަރިއްޔާއިން ވަނީ ޕާކިސްތާނުގެ 7 ސަރަހައްދަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި އެވެ. ހަމަލާގައި މިހާތަނަށް 3 މީހަކު މަރުވެފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ ބުނެފައި އެވެ.
މި ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުގެ އިސް އޮފިޝަލުން ބުނާގޮތުގައި މިއީ " ހަނގުރާމައިގެ" ފެށުމެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރުވެސް މި ހަމަލާތައް ސިފަކުރެއްވީ އިންޑިއާއިން ހަނގުރާ ފެށުން ފަދައިންނެވެ.
އިންޑިއާއިން ފެށި މި ހަމަލާތަކާއި އެކު މާގިނަ އިރުތަކެއް ނުވެ ޕާކިސްތާނުން ވެސް ވަނީ ރައްދު ހަމަލާތައް ފަށާފައި އެވެ. އެގޮތުން ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާގެ ޖެޓުތަކެއް ވަނީ ވައްޓާލާފައި އެވެ. ނަމަވެސް އަދި މިހާތަނަށް އެކަން ކަށަވަރުވެފައި ނުވެއެވެ.
މީގެ އިތުރުން ދެގައުމުގެ ބޯޑަރު ސަރަހައްދުގައި ވަރަގަދަ ހަމަލާބަދަލުކުރުންތަކުން ކުރިޔަށްދާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ކަޝްމީރުގައި ހުރި އިންޑިއާގެ އަސްކަރީ ތިން މަރުކަޒަކަށް ޕާކިސްތާނުން ހަމަލާދީފި

ޕާކިސްތާނު ޖެޓެއް ވައްޓާލައި ޖެޓު ދުއްވަން އިން ޕައިލެޓް އިންޑިއާގެ ހައްޔަރަށް!

އިންޑިއާގެ 5 ޖެޓު ވައްޓާލައި އިންޑިއާގެ ބައެއް ސިފައިން އަތުލައިގަނެވިއްޖެ - ޕާކިސްތާނު
