
ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް ޓިކްޓޮކްގެ އިސްވެރިންނާއި ބައްދަލުކޮށްފި
# އެކޮނޮމިކް މިނިސްޓްރީ--
ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށް ދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ޓިކްޓޮކާއެކު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ދިވެހިރާއްޖޭގެ ފަންނުވެރި އިޤްތިޞާދުގައި ހަރަކާއްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯއްދަވައި ދެއްވައި، އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުގެ ތެރެއިން، ދުނިޔޭގެ ބޮޑެތި ޑިޖިޓަލް ޕްލެޓްފޯމްތަކުން ފަސޭހަކަމާއެކު ފައިސާލިބޭނެ މަގުތަނަވަސްކޮށްދިނުމަށް ގިނަ މަސައްތަކްތަކެއް ދަނީ ކުރެވެމުންނެވެ.
ޓިކްޓޮކްގެ ވަފުދުން ކުރަމުން މިދާ ޒިޔާރަތުގައި ރާއްޖެއަށް ޓިކްޓޮކްގެ އިތުރު ޙިދުމަތްތައް ތައާރަފު ކުރުމަށް، ކަމާއުގުޅޭ އެކި ފަރާތްތަކާއެކު މުހިންމު މުޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދާނެއެވެ.
އޭގެ ތެރޭގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ދެމުންގެންދާ ޙިދުމަތްތަކާގުޅޭ ޤާނޫނީ ކަންކަމާއި، ފައިސާގެ މުޢާމަލާތްތަކާއި، ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ހާއްސަކޮށް ޓިކްޓޮކްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.
ގުޅުންހުރި

ޕޭޕަލް ރާއްޖެ ގެނެވޭގޮތް ވުމަކީ އީޖާދީ ޑިޖިޓަލް މާލީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް!
ރާއްޖޭގައި އިންވެސްޓްކުރުމަށް އަލަށް އެކުލަވާލި އުސޫލުން ދިވެހީންނަށް ފަހި އިޤްތިޞާދީ ފުރުޞަތުތަކެއް!

ކުޅުދުއްފުށީގައި ފަންނުވެރި އެކިމަސައްކަތްކުރާ ބައެއް ފަރާތްތަކާއި ވިޔަފާރިވެރިންނާއި މިނިސްޓަރު ސައީދު ބައްދަލުކުރައްވައިފި





