








--
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީއިން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ 22 ވަނަ ރެސިޕީއެއްގެ ގޮތުގައި މި ގެނެސްމިދެނީ މަސާލާ ޗާއި އެވެ.
ބޭނުންވާ ތަކެތި:
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފޮނިތޮށި, ކަރަންފޫ, ކާފޫރުތޮޅި އަދި އިނގުރު މުގުރާލާށެވެ.
ދެން ތެއްޔެއްގައި ފެން ހޫނުކޮށްލާށެވެ. ފެންފޮދު ކެކެން ފެށުމުން އެއަށް މުގުރި ސްޕައިސްތައް އަޅާލާށެވެ. އިތުރު 3-2 މިނިޓް ވަންދެން އަދި ކައްކާލާށެވެ.
ދެން އޭގެތެރެއަށް ހަކުރު އަދި ސައިފަތް އަޅާފައި ކައްކާލާށެވެ.
ސައިފަތުގެ ކުލަ ރަނގަޅަށް އެރުމުން އޭގެތެރެއަށް ކިރުއަޅާށެވެ. އަދި 3-2 މިނިޓްވަންދެން ކައްކާލާށެވެ.
ދެން ފުރޭންޔެއް ބޭނުންކޮށްގެން ސައި ތައްޓަށް އަޅާށެވެ.
މިހާރު މިހިރީ މަސާލާ ޗާއި ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބުއިމެކެވެ.