logoEN
Sto top
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޒެލޯން އަތުން ހިތަދޫ ޕޮލިސްއަށް އުނދަގޫ މޮޅެއް

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޒެލޯން އަތުން ހިތަދޫ ޕޮލިސްއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

3/20/2025, 8:57:01 PM

# ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 # ދިވެހި ކުޅިވަރު

ޒެލޯން އާއި ހިތަދޫ ޕޮލިސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހާޒިމް / ގާފު ސްޕޯޓްސަ

މިހާރު ކުރިއަށް ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް ބީގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ހިތަދޫ ޕޮލިސް ރެކްރިއޭޝަން ކުލަބާއި ޒެލޯން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ހިތަދޫ ޕޮލިސް ރެކްރިއޭޝަން ކުލަބު ކާމިޔާބުކޮށްފިއެވެ.

Wamco

މުބާރާތުގައި ހިތަދޫ ޕޮލިސް ކުޅުނު ފުރަތަމަ މެޗުގައި 5-0 ގެ ނަތީޖާއަކުން އެމްއެފް ޔުނައިޓެޑް އަތުން ބަލިވެފައިވާއިރު، ޒެލޯން ފުރަތަމަ މެޗުގައި ރަސްގެދަރަ އަތުން އެޓީމުން ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ހިތަދޫ ޕޮލިސް ރެކްރިއޭޝަން ކުލަބުންނެވެ. މިލަނޑު ފުރަތަމަ ހާފުގަ އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަޒާން އެވެ. އަދި ޒެލޯން އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަނަ އަތޫފް އެވެ.

މިމެޗުން ހިތަދޫ ޕޮލިސް މޮޅުވި ލަނޑު ފަހުހާފުގެ އިތުރު ވަގުތުގެތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަނީލް އިބްރާހިމް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ހިތަދޫ ޕޮލިސް ރެކްރިއޭޝަން ކުލަބު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތަދޫ ޕޮލިސްގެ މުހައްމަދު އަޒާން އެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން ހިތަދޫ ޕޮލިސް ރެކްރިއޭޝަން ކުލަބަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ޒެލޯން ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

18 މާރިޗު 2025 އިން 30 މާރިޗު 2025 ގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، އެހެނިހެން އިނާމުތަކާއެކު މުބާރާތުގެ ޖުމްލަ އިނާމު ފައިސާގެ އަދަދު 1،00،000 ރުފިޔާއަށްވުރެ ގިނައެވެ.

މީގެ އިތުރުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި އެންމެ މަޤްބޫލް ސައިކަލް ބްރޭންޑް ކަމުގައިވާ ޖަޕާނުގެ މަޝްހޫރު ހޮންޑާ ކުންފުނީގެ އޮތޮރައިޒްޑް ޑިސްްޓްރިބިއުޓާރ ޝީޝާ އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside