logoEN
Sto top
ޖަންތާ ގަރާޖު އަތުން ހޯދި ޕޮއިންޓާއެކު އެސްއެމްޓީ އިން ކުއާޓާގެ އުންމީދު ދަމަހައްޓައިފި

ޖަންތާ ގަރާޖު އަތުން ހޯދި ޕޮއިންޓާއެކު އެސްއެމްޓީ އިން ކުއާޓާގެ އުންމީދު ދަމަހައްޓައިފި

ހަސަން ޝަމްއޫން

logo

3/13/2025, 1:02:49 AM

# ދިވެހި ކުޅިވަރު # މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޖަންތާ ގަރާޖުގެ މުހައްމަދު ސާޖިދު (ވ)

މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް އޭގައި މިރޭ ބުދަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި އެސްއެމްޓީ އާއި ޖަންތާ ގަރާޖް ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

Wamco

މުބާރާތުގައި ޖަންތާ ގަރާޖް ކުޅުނު ފުރަތަމަ މެޗުގައި ޒެފިއާ ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، އެސްއެމްޓީގެ ފުރަތަމަ މެޗުގައި ހަބޭސް އެންޖީ އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިމެޗުގައި ދެޓީމުންކުރެ ކޮންމެ ޓީމަކަށް ވެސް ވަނީ އެއް ޕެނަލްޓީ ލިބި ބޭނުންކުރެވޭ ގޮތްނުވެފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިނިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަންތާ ގަރާޖުގެ މުހައްމަދު ސާޖިދު އެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން ޖަންތާ ގަރާޖަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގެ ދެވަނާގައި އޮތް ޒެފިއާއި ދެޓީމު ވަނީ ހުރިހާ ގޮތަކުން ވެސް އެއްވަރުވެފައެވެ. އަދި މިމެޗުން ލިބުނު ޕޮއިންޓާއެކު ކުޅުނު ދެމެޗުން އެސްއެމްޓީއަށް އެއް ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުފައެވެ.

6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside