

.jpg?w=3840&q=75)






ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި އިންތިޚާބުކުރި އައު ލީޑަރޝިޕަކީ މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް އެކުލަވާލެވުނު، ޕާޓީއަށް އާރޯކަމާއި ފާގަތިކަން ގެނެސްދޭނެ ކުޅަދާނަ ޓީމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޞިއްޙީ ދާއިރާއާ ގުޅޭ ޚާއްޞަ ސެޝަންގެ ރިޔާސަތު ބެލެހެއްޓެވުމަށްފަހު، އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ނައިބު ރައީސް ވިދާޅުވީ، މިއަދު އިންތިޚާބު ކުރެވިގެންދިޔަ މަޤާމުތަކާއެކު ޕާޓީ ތަރުތީބުވެގެން ދިޔައީ މުޅި ރާއްޖެ ޝާމިލުވާނެ ފަދަ ފުރިހަމަ ގޮތަކަށް ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ މަތީ މަޖިލީހުގައި އަދި މިއަދު އިންތިޚާބު ކުރެވިގެން ދިޔަ މަޤާމުތަކާއެކު ކޮންގްރެސް ޕާޓީ ތަރުތީބު ވެގެންދިޔައީ މުޅި ރާއްޖެ ތަމްސީލުވާނެ ގޮތަކަށް ކަމަށެވެ.
މީގެ އިތުރުން ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި މިއަދު އިންތިޚާބު ކުރެވިގެން ދިޔަ ޕާޓީގެ އައު ލީޑަރޝިޕްގައި ހިމެެނެނީ ކުޅަދާނަ، ޤާބިލް ބޭފުޅުންތަކެއް ކަމަށާއި އައު ލީޑަރޝިޕާއެކު ޕާޓީއަށް އާރޯކަމާއި ފާގަތިކަން އަންނާނެ ކަމުގައިވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ނުވަތަ ކޮންގްރެސް އަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވަރަށް ކާމިޔާބު ކޮންގްރެސް ކަމަށެވެ. މި ކޮންގްރެސް ގައި ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާޓީގެ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ އެކި ދާއިރާތަކުގެ އިސް މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުންނާ އެކު ބޭއްވެވި ބައްދަލުވުމާއި ޒުވާނުންގެ ރައީސުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަދި އަންހެނުންގެ ރައީސުންނާއި ބައްދަލު ކުރެއްވިކަން ފާހަގަކުރެއްވިއެވެ.
އެ ބައްދަލްވުންތަކުގައި ކުރެވުނު މަޝްވަރާތަކާއި ބަދަލުކުރެވުނު ޚިޔާލުތަކާއެކު ކުރިއަށް އޮތްތާ ކޮންގްރެސް ޕާޓީ މުޅި ރާއްޖޭގައި އިތުރަށް ވަރުގަދަވެ ހަރަކާތްތެރިވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


.jpg?w=3840&q=75)





