logoEN
Sto top
ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ޔޫބީއެމްއެލް ކުއީން ބަލިކޮށް ދާލު ބުލޫސް އިން ފެންވަރު ދައްކާލައިފި

ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ޔޫބީއެމްއެލް ކުއީން ބަލިކޮށް ދާލު ބުލޫސް އިން ފެންވަރު ދައްކާލައިފި

ހަސަން ޝަމްއޫން

logo

3/12/2025, 7:13:22 PM

# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025

ޔޫބީއެމްއެލް ކުއީންސް އާއި ދާލު ބުލޫސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ބުދަ ދުވަހުގެ ރޭ ސީދާ ތިން ސެޓުން ޔޫބީއެމްއެލް ބަލިކޮށް ދާލު ބުލޫސް އިން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.

Wamco

މުޅި މެޗުގައި ވެސް ދާލު ބުލޫސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެމިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 14 ޕޮއިންޓަގެ ބޮޑު ލީޑަކާއެކު 11-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ޔޫބީއެމްއެލް ކުއީންސް އިން ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ފެނުނު ނަމަވެސް މިސެޓް ދާލު ބުލޫސް އިން ކާމިޔާބުކުރީ 11 ޕޮއިންޓްގެ ލީޑަކާއެކު 14-25 ގެ ނަތީޖައަކުންނެވެ.

މެޗުގެ ތިންވަނަ ސެޓުގައި ދާލު ބުލޫސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 22 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 3-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދާލު ބުލޫސްގެ ފާތުމަތު ތޮހޫރާ އެވެ.

11 މެއި 2025 އިން 17 މެއި 2025 ގެ ނިޔަލަށް ކުރުއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside