logoEN
Sto top
ދެވަނަ ހާފުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ގަބުރު އެފްސީ އިން އަމިގޯސް މޮޅުވިޔަނުދީ ހިފަހައްޓައިފި

ދެވަނަ ހާފުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ގަބުރު އެފްސީ އިން އަމިގޯސް މޮޅުވިޔަނުދީ ހިފަހައްޓައިފި

ހަސަން ޝަމްއޫން

logo

3/11/2025, 7:15:00 PM

# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025# ދިވެހި ކުޅިވަރު

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ގަބުރު އެފްސީގެ ހުސެއިން އުސައިދު މުހައްމަދު ދީދީ

މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް ޑީގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި އެފްސީ އަމިގޯސް އާއި ގަބުރު އެފްސީ ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ގަބުރު އެފްސީ ކުޅުނު ފުރަތަމަ މެޗުގައި ވިކިންގްސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އަމިގޯސް އިން ކުލަބު ލޯތަރި އާއި ދެކޮޅަށް ކުޅުނު މެޗު ވެސް ނިމިފައިވަނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ގަބުރު އެފްސީގެ ކީޕަރު ޔާސީން ރަޝިދަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަ ކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. ނަމަވެސް އެޓީމުން ވަނީ ރޭވުންތެރިކަމާއެކު މިހާފުގައި މޮޅު ޑިފެންސިވް ކުޅުމެއް ދައްކައިދީފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަބުރު އެފްސީގެ ހުސެއިން އުސައިދު މުހައްމަދު ދީދީ އެވެ.

6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside