logoEN
Sto top
ގާފު ރެސިޕީ: ލެމަން ޕެޕަރ ޗިކަން

ގާފު ރެސިޕީ: ލެމަން ޕެޕަރ ޗިކަން

ސާރާ އަހުމަދު

logo

3/10/2025, 6:00:00 AM

# ގާފު ރެސިޕީ

--

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

Wamco

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީއިން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ދިހަވަނަ ރެސިޕީއެއްގެ ގޮތުގައި މި ގެނެސްމިދެނީ ލެމަން ޕެޕަރ ޗިކަން އެވެ.

ބޭނުންވާ ތަކެތި
  1. ޗިކަން ބްރެސްޓް
  2. ލުނބޯ
  3. ލެމަން ޕެޕާ
  4. ފުށް
  5. ޗިކަން ބްރޮތު
  6. ލޮނުމެދު
  7. ލޮނު
  8. ބަޓަރު
ތައްޔާރުކުރާނެ ގޮތް:

ޗިކަން ބްރެސްޓު ދެފަޅިއަށް ފަޅާލުމަށްފަހު، ކުޑަ ތެޔޮކޮޅެއް ހާކާލާށެވެ.

ވަކި ތަށްޓެއްގައި ފުށާއި ލެމަން ޕެޕަރ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޗިކަން ބްރެސްޓުގައި ވަކި ތައްޓެއްގައި އެއްކުރި ފުށާއި ލެމަން ޕެޕާ ރަނގަޅަށް ހާކާލާށެވެ.

އެތެރެ ފުން ތަވައެއްގައި ތެޔޮކޮޅެއް އަޅައި ހޫނުކުރާށެވެ. ހޫނުވުމުން ޗިކަން ބްރެސްޓުތައް އަޅައި، ދެފުށް ރަނގަޅަށް ފިހެލާށެވެ. ޗިކަން ބްރެސްޓުތައް ރަނގަޅަށް ފިހުމުން ތަވައިން ނަގާލާށެވެ.

ލެމަން ސޯސް ހެދުމަށް، ހަމަ އެ ތަވައަށް ޗިކަން ބްރޮތު، ލޮނުމެދު އަދި ބަޓަރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ސޯސްގެ ތެރެއަށް ލުނބޯ ފިތާލުމަށްފަހު، ކުޑަ އިރުކޮޅަކަށް ބަހައްޓާލާށެވެ.

ފަހުން، ޗިކަން ބްރެސްޓުތައް އަނބުރާ ތަވައިގެ ތެރެއަށް އަޅާލާށެވެ.

މިހާހިސާބުން ލެމަން ޕެޕަރ ޗިކަން ތައްޔާރުވީއެވެ. މި ރެސިޕީއަކީ ތާޒާ ސަލަޑެއް ނުވަތަ ޕާސްޓާއާއެކު ކެވިދާނެ ސައިޑް ޑިޝް އެކެވެ.

Maldivian
ކޮމެންޓް
Maldivian