logoEN
Sto top
ގާފު ރެސިޕީ: ލީކް އަދި ޕޮޓޭޓޯ ސޫޕް

ގާފު ރެސިޕީ: ލީކް އަދި ޕޮޓޭޓޯ ސޫޕް

ސާރާ އަހުމަދު

logo

3/11/2025, 6:00:04 AM

# ގާފު ރެސިޕީ

--

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

Wamco

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީއިން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ އެގާރަވަނަ ރެސިޕީއެއްގެ ގޮތުގައި މި ގެނެސްމިދެނީ ލީކް އަދި ޕޮޓޭޓޯ ސޫޕް އެވެ.

ބޭނުންވާ ތަކެތި
1 މޭޒުމަތީ ސަމުސާ ތެޔޮ600 ގްރާމް ލީކްސް (ކުދިކޮށް ކޮށާފައި) 1 ފިޔާ (ކުދިކޮށް ކޮށާފައި)450 ގްރާމް އަލުވި (ކުދިކޮށް ކޮށާފައި)1 މޭޒުމަތީ ސަމުސާ ޑްރައިޑް ތައިމްތަރުކާރީ ސްޓޮކް200 އެމްއެލް ކިރު ނުވަތަ ސިންގަލް ކްރީމް
ތައްޔާރުކުރާނެ ގޮތް:

ތެއްޔެއްގައި ތެޔޮ ހޫނުކޮށްލުމަށްފަހު ލީކްސް، ފިޔާ އަދި އަލުވި ކޮޅު އަޅައި 3-4 މިނެޓު ވަންދެން ހަނާކޮށްލާށެވެ.ދެން ތައިމް އާއި ތަރުކާރީގެ ސްޓޮކް އެއްކޮށްލުމަށްފަހު މަޑުގިނީގައި ކައްކާލާށެވެ.އަލުވިތައް މަޑުވުމުން ކްރީމް ނުވަތަ ކިރު އަޅާފައި އިރުކޮޅަކަށް ކައްކާލާށެވެ. ދެން ހޭންޑް މިކްސަރަކުން ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލާށެވެ.

މިހާރު މިހިރީ މި ސޫޕް ތައްޔާރުކޮށްނިމިފައިއެވެ. ރޯދަވީއްލާގަޑިއަށް ސިއްހަތަށް ފައިދާހުރި ފަސޭހައެއްޗެއް ތައްޔާރުކޮށްލަން ބޭނުންވާ ބޭފުޅުންނަށް މިއީ ވަރަށް ރަނގަޅު ރެސިޕީއަކަށް ވާނެކަން ޔަގީނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside