logoEN
Sto top
ގާފު ރެސިޕީ: ޕީނަޓް ބަޓަރ ކުކީޒް

ގާފު ރެސިޕީ: ޕީނަޓް ބަޓަރ ކުކީޒް

ސާރާ އަހުމަދު

logo

3/12/2025, 9:31:48 AM

# ގާފު ރެސިޕީ

--

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

Wamco

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީއިން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ 12 ވަނަ ރެސިޕީއެއްގެ ގޮތުގައި މި ގެނެސްމިދެނީޕީނަޓް ބަޓާ ކުކީސް އެވެ.

ބޭނުންވާ ތަކެތި
  • 1/2 ޖޯޑު ބަޓަރު (ރޫމް ޓެމްޕަރޭޗަރ ގަ)1/2 ޖޯޑު ޕީނަޓް ބަޓަރ1/2 ޖޯޑު ހަކުރު1/2 ޖޯޑު ބްރައުން ޝުގާ1 ބިސް1-1/4 ޖޯޑު ފުށް3/4 މޭޒުމަތީ ސަމުސާ ބޭކިން ސޯޑާ1/2 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ1/4 މޭޒުމަތީ ސަމުސާ ލޮނު36 މިލްކް ޗޮކްލެޓް
ތައްޔާރުކުރާނެ ގޮތް:

އަވަން 350 ޑިގްރީއަށް ޕްރީހީޓްކޮށްލާށެވެ.

ބަޓަރ، ޕީނަޓް ބަޓަރ އަދި ދެވައްތަރުގެ ހަކުރު 5-7 ނުވަތަ މިނިޓް ވަންދެން ހުރިހާ އެއްޗެއް ރީތިކޮށް އެއްވަންދެން މިކްސްކޮށްލާށެވެ. ދެން އޭގެތެރެއަށް ބިސް އަޅާފައިއިތުރަށް އެއްކޮށްލާށެވެ.

އެހެންތައްޓެއްގައި ފުށް، ބޭކިން ސޯޑާ، ބޭކިން ޕައުޑާ އަދި ލޮނު އެއްކޮށް ކޮށާލާށެވެ.

ދެން ކުރިން އެއްކުރި ޕީނަޓް ބަޓަރ މިކްސްޗަރ ތެރެއަށް އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއެއްގައި ކުކީޒްތައް އަތުރާލާށެވެ.

އަދި 12-10 މިނިޓްވަންދެން ފިހެލާށެވެ. އަދި އަވަނުން ނަގާފައި ހޫނުކޮށް ހުއްޓަ ޗޮކްލެޓްކޮޅު ކޮންމެ ކުކީއެއްގެ މެދުގައި ބައިންދާލާށެވެ.

މިހާރު މިހިރީ ޕީނަޓް ބަޓަރ ކުކީޒް ތައްޔާރުކޮށް ނިމިފައިއެވެެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside