
އެސްއެމްޓީ ބަލިކޮށް ޒެފިއާ އިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
# ދިވެހި ކުޅިވަރު # މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025ޒެފިއާއި އެސްއެންޓީ ވާދަކުރި މެޗުގެ ތެރެއިން..
މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް އޭގައި މިރޭ ހުކުރު ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި އެސްއެމްޓީ އާއި ޒަފިއާ ވާދަކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒަފިއާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފި އެވެ.

މުބާރާތުގައި ޒެފިއާ އިން ކުޅުނު ފުރަތަމަ މެޗުގައި ޖަންތާ ގަރާޖާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ހަބޭސް އެންޖީ އާއި ދެކޮޅަށް އެޓީމުން ކުޅުނު ދެވަނަ މެޗު ވެސް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި އެސްއެމްޓީގެ ފުރަތަމަ މެޗުގައި ހަބޭސް އެންޖީ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވިއިރު، ޖަންތާ ގަރާޖާއި ދެކޮޅަށް އެޓީމުން ކުޅުނު ދެވަނަ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޒަފިއާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖައަކުން ޒަފިއާ ކުރީގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އެސްއެމްޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެގޮތުން މިމެޗުގައި ޒަފިއާގެ ޝާޝް ޝަރީފް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އީމަން ނަޒީރު އެވެ. އަދި މިމެޗުގައި އެސްއެމްޓީގެ ހަމައެކަނި ލަނޑު ހުސެއިން ފަހުމީ ކާމިޔާބުކޮށްދިންއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފިއާގެ ޝާޝް ޝަރީފް އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ޒަފިއާ މިވަގުތު އޮތީ ގުރޫޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެސްއެމްޓީ ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕް ފުލުގައެވެ.
6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ސަމާގެ މޮޅު ކުޅުމާއެކު ޔޫބީއެމްއެލް ކުއީން އަތުން ޓްރިޕަލް ވެއާއަށް ފަސޭހަ މޮޅެއް

އެސްއެމްޓީ ބަލިކޮށް ޒެފިއާ އިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
