
އޯޓީއެފް އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ އެފްސި ހަބޭސްއަށް ކުއާޓާ ޔަގީންވެއްޖެ
# ދިވެހި ކުޅިވަރު # މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025އޯޓީއެފް އާއި އެފްސީ ހަބޭސް ވާދަކުރި މެޗުގެ ތެރެއިން...
މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް ބީގައި، ހުކުރު ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި އޯޓީއެފް އާއި އެފްސީ ހަބޭސް ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވުމުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އެފްސީ ހަބޭސްއަށް ކަށަވަރުވެއްޖެ އެވެ.

މުބާރާތުގައި އެފްސީ ހަބޭސް ކުޅުނު ފުރަތަމަ މެޗުގައި ކުލަބު އެސްސީ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ކުލަބު ވެމްކޯ ބަލިކޮށްފައެވެ. އަދި އޯޓީއެފްގެ ފުރަތަމަ މެޗުގައި ވެމްކޯ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެވަރުވިއިރު، ކުލަބު އެސްސީ އާއި ދެކޮޅަށް އެޓީމުން ކުޅުނު ދެވަނަ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި މެޗުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ހަބޭސްގެ އިބްރާހިމް މުބީން އަހުމަދު ރަޝީދު އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން އެފްސީ ހަބޭސްއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އޯޓީއެފްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.
6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ސަމާގެ މޮޅު ކުޅުމާއެކު ޔޫބީއެމްއެލް ކުއީން އަތުން ޓްރިޕަލް ވެއާއަށް ފަސޭހަ މޮޅެއް

އެސްއެމްޓީ ބަލިކޮށް ޒެފިއާ އިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
