
ސަމާގެ މޮޅު ކުޅުމާއެކު ޔޫބީއެމްއެލް ކުއީން އަތުން ޓްރިޕަލް ވެއާއަށް ފަސޭހަ މޮޅެއް
# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޓްރިޕަލް ވެއާގެ ސަމާ އިސްމާއިލް (މ)
މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ހުކުރު ދުވަހުގެ ރޭ ސީދާ ތިން ސެޓުން ޔޫބީއެމްއެލް ބަލިކޮށް ޓްރިޕަލް ވެއާ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ

މުބާރާތުގައި ޓްރިޕަލް ވެއާ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ގޮޅި އަތުން ބަލިވެފައިވާއިރު، ޔޫބީއެމްއެލްގެ ފުރަތަމަ މެޗުގައި ދާލު ބުލޫސް އަތުން އެޓީމު ބަލިވީ ވެސް ސީދާ ތިން ސެޓުންނެވެ.
މުޅި މެޗުގައި ވެސް ޓްރިޕަލް ވެއާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެމިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 10 ޕޮއިންޓަގެ ބޮޑު ލީޑަކާއެކު 15-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ޔޫބީއެމްއެލް އިން ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ފެނުނު ނަމަވެސް މިސެޓް ޓްރިޕަލް ވެއާ އިން ކާމިޔާބުކުރީ 16 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 9-25 ގެ ނަތީޖައަކުންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި ޓްރިޕަލް ވެއާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 15 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 10-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓްރިޕަލް ވެއާގެ ސަމާ އިސްމާއިލް އެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން ޓްރިޕަލް ވެއާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ޔޫބީއެމްއެލް ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ލީގުބުރުގެ ފުލުގައެވެ.
11 މެއި 2025 އިން 17 މެއި 2025 ގެ ނިޔަލަށް ކުރުއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
ގުޅުންހުރި

ސަމާގެ މޮޅު ކުޅުމާއެކު ޔޫބީއެމްއެލް ކުއީން އަތުން ޓްރިޕަލް ވެއާއަށް ފަސޭހަ މޮޅެއް

އެސްއެމްޓީ ބަލިކޮށް ޒެފިއާ އިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
