logoEN
Sto top
ވަރުގަދަ ޑޭޓޯނާ ކަޓުވާލުމަށްފަހު ފައިނަލުގެ ފުރަތަމަ ޖާގަ އަސްޕާއަށް

ވަރުގަދަ ޑޭޓޯނާ ކަޓުވާލުމަށްފަހު ފައިނަލުގެ ފުރަތަމަ ޖާގަ އަސްޕާއަށް

ހަސަން ޝަމްއޫން

logo

3/14/2025, 5:23:19 PM

# ދިވެހި ކުޅިވަރު # ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025

ޑޭޓޯނާއި އަސްޕާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 ފިރިހެން ސެމީފައިނަލް ފުރަތަމަ މެޗުގައި އާޖީލަކަށް ސްޕޯޓްސް ޕާފޯމެންސް އެކަޑަމީ (އަސްޕާ) އާއި ޑޭޓޯނާ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ އަސްޕާ އިން ހޯދައިފިއެވެ.

Wamco

މުބާރާތުގެ ސެމީފައިނަލުން ޑޭޓޯނާ ޖާގައެއް ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އަސްޕާ ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 17-21 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަސްޕާ އިންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓުގައި ޑޭޓޯނާ އިން ވަނީ އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިސެޓް އެޓީމުން ކާމިޔާބުކުރީ ހަތް ލަނޑުގެ ލީޑަކާއެކު 24-17 ގެ ނަތީޖާއަކުންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް 8-7 ގެ ނަތީޖާއަކުން އަސްޕާ އިން ކާމިޔާބުކުރިއިރު. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަސްޕާގެ އަބްދުއްﷲ ރަޒީފް މުހައްމަދު އެވެ.

7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside