logoEN
Sto top
ފަހަތުން އަރައި ފިއޮންޓީ ބަލިކޮށް ކުޑަހުވަދޫ ފައިނަލުން ޖާގަ ހޯދައިފި

ފަހަތުން އަރައި ފިއޮންޓީ ބަލިކޮށް ކުޑަހުވަދޫ ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

3/14/2025, 5:25:39 PM

# ދިވެހި ކުޅިވަރު # ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025

ކުޑަހުވަދޫ ފިއޮންޓީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް

މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 ފިރިހެން ސެމީފައިނަލް ދެވަނަ މެޗުގައި ކުޑަހުވަދޫ ސްޕޯޓްސް ކުލަބު (ކޭއެސްސީ) އާއި ފިއޮންޓީ ވާދަކުރި މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖައަކުން މޮޅުވެ ކުޑަހުވަދޫ ފައިނަލުން ޖާގަ ހޯދައިފިއެވެ.

Wamco

މުބާރާތުގެ ސެމީފައިނަލުން ކުޑަހުވަދޫ ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ފިއޮންޓީ ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް 16-17 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފިއޮންޓީ އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 13-14 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުޑަހުވަދޫ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅެވުނު ޝޫޓްއައުޓް ސެޓް ހަތަރު ލަނޑުގެ ލީޑަކާއެކު 7-3 ގެ ނަތީޖާއަކުން ކުޑަހުވަދޫ އިން ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ ފިރުޝާން މުހައްމަދު އެވެ.

7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ވަނީ ސެމީފައިނަލަށް ހޮވިފައެވެ.

ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside