
މާލޭގައި މިރޭ އޮންނަ އިހްޔާ ފޯރަމްގައި ތަޤުރީރު ކުރައްވާނީ އައްޝައިޚް އަޙްމަދު ސަމީރު!
# އިސްލާމިކް މިނިސްޓްރީ--
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ތިން ވަނަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.

މި ފޯރަމްގައި "އިސްލާމްދީނުގެ މަތީގައި ޘާބިތުވާށެވެ." މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރުއެވެ. މި އިޙްޔާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:30 ގައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިޙްޔާ ފޯރަމްއަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ބޭފުޅުންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ވަނައަށް ދާ ފަރާތަކަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 1500 ރުފިޔާގެ ގިފްޓު ކާޑެއް، ދެވަނައަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 1000 ރުފިޔާގެ ގިފްޓު ކާޑެއް، ތިންވަނައަށް ދާ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 700 ރުފިޔާގެ ގިފްޓު ކާޑެއް އަދި ހަތަރުވަަނައަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 500 ރުފިޔާގެ ގިފްޓު ކާޑެއްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިނާމެއްގެ ގޮތުގައި ރިޔާޟުއްޞާލިޙީން އަދި ފިޤުޙުއްސުންނާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިނާމުތައް ދެނީ އަންހެން އަދި ފިރިހެން ވަކިންނެވެ.
މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް، އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން 6 ސްކޫލްއަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް މިއަހަރު އޮންނާނެއެވެ.
ގުޅުންހުރި

އިސްލާމިކް މިނިސްޓްރީއިން 'ކަލަންޑަރ ފޮޓޯ މުބާރާތް' ފަށައިފި
-1750928812457.webp&w=3840&q=75)
ބޮޑެތި ބަލިތައް ތަަޙައްމަލް ކުރާ ފަގީރުންނަށް އިންޝުއަރެންސެއް ތަޢާރަފުކުރަނީ

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާއި މަޝްވަރާކޮށްފި
