
ޣައްޒާގެ ބިން ފޭރިގަތުމާއި ގުޅޭ މަޝްވަރާތަކުގައި މިސްރުގެ ރައީސް ބައިވެރިވެވަޑައިނުގަންނަވާނެ!
# ޣައްޒާ--
އެމެރިކާގެ ވެރިކަމާއި ދާދި ފަހުން ހަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕުގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓު ކަމަށްވާ ޣައްޒާގެ ބިން ފޭރިގަތުމާއި ގުޅޭ މަޝްވަރާތަކުގައި މިސްރުން އެއްވެސް ގޮތަކަށް ބައިވެރިނުވާން ނިންމައިފި އެވެ.

މިކަން ހާމަވެފައިވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އެމެރިކާއަށް ވަޑައިގަތުމަށް ޓްރަމްޕު ދެއްވި ދައުވަތަކާއި ގުޅިގެން މިއަދު މިސްރުގެ ދެ އޮފިޝަލަކު ރޮއެޓާސްއިން ދިން މައުލޫމާތު ތަކުންނެވެ.
އެގޮތުން ޣައްޒާއިން ފަލަސްތީނު މީހުން ބޭރުކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭން މިސްރުގެ ރައީސް ސީސީގެ ދަތުރުފުޅުގެ އެޖެންޑާގައި ހިމަނާފައިވާނަމަ ސީސީ އެމެރިކާއަށް ވަޑައިގުގަތުމަށް ނިންމާފައިވާކަމަށް ރޮއެޓާސްއިން މައުލޫމާތު ދިން މިސްރުގެ ސަލާމަތީ ދެ މަސްދަރަކުން ވަނީ ބުނެފައި އެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ޓްރަމްޕާއި އަލް ސީސީއާ ދެމެދު ބޭއްވެވި ފޯނު ބައްދަލުކުރެއްވުމެއްގައި ޓްރަމްޕު ވަނީ މިސްރުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައި އެވެ.
ޣައްޒާގެ ބިން ފޭރިގަތުމަށް ޓްރަމްޕު ގެންގުޅޭ ސިޔާސަތުތަކާއި މެދު މަޝްވަރާކުރުމަށް ޓްރަމްޕު މިހާރު ދަނީ މެދު އިރުމަތީގެ ލީޑަރުންނަށް އެމެރިކާއަށް ދައުވަތު ދެމުންނެވެ. އެގޮތުން އިއްޔެ އުރުދުންގެ ރަސްގެފާނާއި ޓްރަމްޕު ބައްދަލުކުރެއްވި އިރު ޣައްޒާ މައްސަލާގައި ބަސްބުނަން ރަސްގެފާނު ވަނީ ދެކޮޅު ހަދާފައި އެވެ.
ގުޅުންހުރި

ގިނަ އަދެއްގެ ކުޑަކުދިން ހިމެނޭހެން ޣައްޒާއިން 300 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 14 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާއަށް ޔަހޫދީން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ 4 މީހަކު ޝަހީދުވެއްޖެ
