
ޣައްޒާ ގަތުލުއާންމު އަލުން ފެށުމަށް ޔަހޫދީ އަސްކަރިއްޔާއިން ތައްޔާރީތައް ފަށައިފި އެވެ.

ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާއިން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ބިމުގެ ދެކުނުގައި ޔަހޫދީންގެ އިތުރު ރިސާވިސްޓުން ޖަމާކުރަން ފަށާފައިވާ ކަމަށެވެ.
"ސިފައިންގެ ރިއިންފޯސްމަންޓާއި ރިޒާވް މޮބިލައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެކި ސިނާރިއޯތަކަށް ތައްޔާރުވުމުގެ ގޮތުން،" ބަޔާނުގައިވެ އެވެ.
އިޒްރޭލު އަސްކަރިއްޔާއިން ޣައްޒާއަށް އަރައިގަތުމަށް ތައްޔާރުވާން ފަށާފައިމިވަނީ މިއަދު ދިން ވީޑިއޯ ބަޔާނެއްގައި އިޒްރޭލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގަތުލުއާންމު ފަށާނެ ކަމުގެ އިންޒާރު ހަމާސްއަށް ދިނުމާއި އެކުގައި އެވެ. އެގޮތުން ނަތަންޔާހޫ ވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރުގެ ކުރިން ހަމާސް އިން ހައްޔަރުކުރި ޔަހޫދީން މިނިވަން ނުކޮށްފި ނަމަ އިސްރާއީލާއި ފަލަސްތީނުގެ ހަމާށް އެޅި ޖަމާއަތާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް ގެނެސް އަލުން ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު ދީފައި އެވެ.
"ހަމާސް އެންމެ ފަހުން ބަލިވަންދެން އަސްކަރިއްޔާ އިން ވަރުގަދަ ހަނގުރާމައަކަށް ދާނެ،" ވީޑިއޯ ބަޔާނެއްގައި އޭނާ ބުންޏެވެ.
ކެބިނެޓްގެ ހަތަރު ގަޑިއިރަށް ބޭއްވެވި ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން އިސްރާއީލުގެ ލީޑަރު އިތުރަށް ބުނީ އިސްރާއީލު ސިފައިން "ޣައްޒާގެ އެތެރޭގައާއި ވަށައިގެން" އެއްވުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
ނަތަންޔާހޫ މިފަދައިން ބުނެފައި މިވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް، ޣައްޒާގައި ދިން ބައެއް އެހީތައް ހިފަހައްޓާފައިވާ ކަމަށް ހަމާސް އިން އިއްޔެ ބުނެފައި ވަނިކޮށެވެ.އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހެން ވިދާޅުވެފައި މިވަނީ ހޮނިހިރު ދުވަހުގެ މެންދުރުގެ ކުރިން ހަމާސް އިން ގައިދީން ދޫކޮށްލުމަށް ދެކޮޅު ހަދައިފިނަމަ ޣައްޒާގައި ވަރުގަދަ ހަނގުރާމަތަކެއް ފަށާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
ގުޅުންހުރި

ޓްރަމްޕާއި ބައްދަލުކުރަން ފުރަމުން ނަތަންޔާހޫ ބުނީ ހަމާސް ނައްތާލާފައި ނޫނީ ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްނުވާނެ ކަމަށް!

ނުސީރަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ބޮން އަޅައި 5 ކުޑަކުއްޖަކު ޝަހީދުކޮށްލައިފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 139 އަށް!
