
ހަމާސްގެ ވަރުގަދަ އިންޒާރެއް ޓްރަމްޕަށް: ޣައްޒާ ފޭރިގަންނަށްކުރާ މަސައްކަތް ނާކާމިޔާބުކޮށްލާނަން!
# ޣައްޒާޣައްޒާގެ ބިން އަތުލައިގަނެ ޣައްޒާގެ ރައްޔިތުން އެހެން ތަނެއްގައި ވަޒަންވެރިކުރާނެ ކަމަށް ބުނެ އެމެރިކާގެ ވެރިކަމާއި ދާދި ފަހުން ހަވާލުވި ޑޮނަލްޑު ޓްރަމްޕު ދެއްކެވި ވާހަކަތަކަށް ހަމާސްއިން ރައްދު ދީފި އެވެ.

ހަމާސް ޖަމާއަތުގެ ވެރިޔާ ޚަލީލް އަލް ހައިޔާ ވިދާޅުވީ ޣައްޒާއަށް ހުޅަނގާއި އެމެރިކާ އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ރޭވުންތައް މިހާރުވެސް ނާކާމިޔާބުވެފައިވާ ކަމަށެވެ.
އީރާނުގެ އިންގިލާބަށް 46 އަހަރު ފުރުމުގެ މުނާސަބަތުގައި ތެހެރާނުގައި ބޭއްވި ހަފްލާގައި އޭނާ ވިދާޅުވީ، އެމެރިކާވެސް އިސްވެ އޮވެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް މީގެ ކުރިންވެސް ރޭވި ރޭވުންތަކާއި ޕްރޮޖެކްޓުތައް އޮތީ ނާކާމިޔާބުކޮށްލާފައި ކަމަށާއި ދެންވެސް ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ކުރާ ކޮންމެ ކަމެއް ނާކާމިޔާބުކޮށްލާނެ ކަމަށެވެ.
ދާފި ފަހުން ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ މިހާރު އޭނާ އެންމެ ދެކެން ބޭނުން ވަނީ ޣައްޒާއާ އަވަށްޓެރި ގައުމުތައް ކަމަށްވާ މިސްރާއި އުރުދުން އިން ޣައްޒާގެ ރައްޔިތުން އެ ގައުމުތަކަށް ގެންދާ ތަން ކަމަށެވެ. ޓްރަމްޕު ބުނީ ޣައްޒާގެ ރައްޔިތުން އެ ބިމުން ފައިބަން އެ ރައްޔިތުންވެސް ބޭނުންވެފައި ތިބި ކަމަށާއި އެމީހުން ވެސް އެކަމާ އުފާކުރާނެ ކަމަށެވެ. އޭނާ ބުނީ ނިރުބަވެރި އިސްރާއީލުގެ ވައިގެ ހަމަލާތައް "މާދަމާ ވެސް ފެށިދާނެ" ކަމަށާއި ޣައްޒާއަކީ "ތަޅާލަން ޖެހިފައިވާ ސައިޓެއް" ކަމަށެވެ.
މިވާހަކަތަކަށް ޓްރަމްޕާއި އެންމެ ގާތް ގުޅުމެއް އޮންނަ ޔަހޫދީ ބޮޑުވަޒީރު ޖައްބާރު ނަތަންޔާހޫވެސް ތާއީދުކޮށް ވާހަކަދައްކާފައިވާއިރު ނަތަންޔާހޫ ވަނީ ޣައްޒާ ރައްޔިތުން ޣައްޒާގެ ބިމުން ހުސްކޮށްލައި ސައުދީ އަރަބިއްޔާގައި ވަޒަންވެރިކުރަން ގޮވާލާފައި އެވެ.
ގުޅުންހުރި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 14 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާއަށް ޔަހޫދީން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ 4 މީހަކު ޝަހީދުވެއްޖެ

ޣައްޒާގެ ބިން ފޭރިގަތުމާއި ގުޅޭ މަޝްވަރާތަކުގައި މިސްރުގެ ރައީސް ބައިވެރިވެވަޑައިނުގަންނަވާނެ!
