![ފަހަތުން އަރައި ސައުތުވެސްޓް ބަލިކޮށް ޒެފަރސް އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F082A4525.jpg&w=3840&q=75)
ފަހަތުން އަރައި ސައުތުވެސްޓް ބަލިކޮށް ޒެފަރސް އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި
# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސްޒެފަރސް އާއި ސައުތުވެސްޓް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ ޝުރާއު
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަން ގުރޫޕް އެކެއްގައި މިރޭ ސައުތުވެސްޓް ސްޕޯޓްސް ކުލަބާއި ޒެފަރސް ސްޕޯޓްސް ކުލަބު ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒެފަރސް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ސައުތުވެސްޓް ކުޅުނު ފުރަތަމަ މެޗުގައި ބާރަލާ ސްޕޯޓްސް ކުލަބު އަތުން އެޓީމު ސީދާ ދެ ސެޓުން މޮޅުވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި ޒެފަރސް ކުޅުނު ފުރަތަމަ މެޗުގައި ލަޔަންސް އަތުން އެޓީމު ބަލިވީ ސީދާ ދެ ސެޓުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަތަރު ލަނޑުގެ ލީޑަކާއެކު 13-9 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސައުތުވެސްޓް ސްޕޯޓްސް ކުލަބުންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް 11-12 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒެފަރސް އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް 3-2 ގެ ނަތީޖާއަކުން ޒެފަރސް ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފަރސްގެ އައިޝަތު އިއުފާ މުހައްމަދު އެވެ.
20 ޖެނުއަރީ 2025 އިން 25 ޖެނުއަރީ 2025 ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި 10 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ވެސް ގުރޫޕް ސްޓޭޖުގައި ރެންޑަމްކޮށް ދެމެޗު ކުޅުމަށްފަހު ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތިޖާއެއް ހޯދާ ހަތަރު ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ލިބިގެންދާނެއެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ހައުސް އޮފް ޖެވެލް އަކީ މުބާރާތުގެ ސިލްވާ ސްޕޮންސަރ އެވެ. އަދި މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކީ ޕްރައިމް ކެއަރ އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ.
ގުޅުންހުރި
!["ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަށް އާރުޑީއެލް އިން ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F082A3240.jpg&w=3840&q=75)
"ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަށް އާރުޑީއެލް އިން ހޯދައިފި
![ވާދަވެރި ކުޅުމަކަށްފަހު ސައުތުވެސްޓް ބަލިކޮށް ލަޔަންސް ޗެންޕިއަންކަން ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F082A1910.jpg&w=3840&q=75)
ވާދަވެރި ކުޅުމަކަށްފަހު ސައުތުވެސްޓް ބަލިކޮށް ލަޔަންސް ޗެންޕިއަންކަން ހޯދައިފި
![ަެވާދަވެރި ކުޅުމަކަށްފަހު ޑީއެސްސީ ބަލިކޮށް އާރުޑީއެލް ފައިނަލަށް](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F082A0989.jpg&w=3840&q=75)
ަެވާދަވެރި ކުޅުމަކަށްފަހު ޑީއެސްސީ ބަލިކޮށް އާރުޑީއެލް ފައިނަލަށް
![ސީދާ ދެ ސެޓުން ޒެފަރސް ބަލިކޮށް ފައިނަލްގެ ދަވަނަ ޖާގަ ސައުތުވެސްޓް އިން ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F082A0861%20(1).jpg&w=3840&q=75)