
އަލް މަސާވީ ރެފިއުޖީ ކޭމްޕަށް ޔަހޫދީން ހަމަލާދީ އަންހެނަކާއި އޭނާގެ ތިން ދަރިން ޝަހީދުކޮށްލައިފި
# ޣައްޒާނިރުބަވެރި އިޒްރޭލުން ޣައްޒާގެ ސޭފް ޒޯންތަކަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ތެރެއިން ރޭ އަލް މަަސާވީ ރެފިއުޖީ ކޭމްޕަށް ބޮން އަޅައި އަންހެނަކާއި އޭނާގެ ތިން ދަރިން ޝަހީދުކޮށްލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަލް މަސާވީ ރެފިއުޖީ ކޭމްޕުގެ ޓެންޓުތަކަށް އަމާޒުކޮށް ޔަހޫދީން ރޭ ވައިގެ މަގުން ދިން ހަމަލާއެއްގައި ޖުމުލަ 5 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ.
ޚާން ޔުނިސް ކައިރީގައި އޮންނަ އަލްމަވާސީ "ހިއުމެނިޓޭރިއަން ޒޯން" ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދޭ ޓެންޓަކަށް ރޭގަނޑު ދިން މި ހަމަލާގައި ޝަހީދުވި ފަސް މީހުންނަކީވެސް އެއް އާއިލާއެއްގެ މީހުން ކަމަށް ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާ އިން ރިޕޯޓްކުރެ އެވެ. އޭގެ ތެރޭގައި އަންހެނަކާއި އޭނާގެ ތިން ދަރިން ވެސް ހިމެނޭ ކަމަށް ވަފާއިން ބުނެ އެވެ.
މީގެ އިތުރުން ހުޅަނގު ޚާން ޔުނިސްގައި ވެސް އިސްރާއީލުގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުން ދިން ބަޑީގެ ހަމަލާތަކެއް ގައި، އަންހެނަކަށް އަނިޔާވެފައިވާ ކަމަށް ވަފާއިން ދަނީ ރިޕޯޓުކުރަމުންނެވެ.
ޔަހޫދީން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައިމިވަނީ 15 މަސްދުވަސްވީ ގަތުލުއާންމު ހުއްޓާލުމަށް އެއްބަސްވެސް ވެފައި ވަނިކޮށެވެ. އެގޮތުން ގަތުލުއާންމު ހުއްޓާލަން އެއްބަސްވި ފަހުން ޔަހޫދީން ޣައްޒާއަށް ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފައި އެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



