
--
"އެކްސަސައިޒް ފްލޭޝް މެޓަލް 2025 - 7006" މިއަދު ފަށައިފިއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، މޭޖަރ މޫސާ ނިޔާޒުއެވެ.
އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދާ މި އެކްސަސައިޒް ކުރިއަށްދާނީ މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ގިރިފުށްޓާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ނިސްބަތްވާ ލ .އަތޮޅުގެ ބައެއް ރަށްތަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައެވެ. އެގޮތުން މި އެކްސަސައިޒްގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ މެންބަރުންނާއި، އެމްއެންޑީއެފް މެރިންސް ބައިވެރިވެއެވެ. މި އެކްސަސައިޒްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ، އެމެރިކާ އަސްކަރިއްޔާގެ ސިފައިންނެވެ.
މި އެކްސަސައިޒަކީ، އެމްއެންޑީއެފްގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ އެކްސަސައިޒްތަކުގެ ތެރެއިން ކުރިއަށްގެންދާ އެކްސަސައިޒެކެވެ.
ފަހުގެ

ޔަހޫދީންގެ ހަމަލާއެއްގައި ޣައްޒާ ފުލުހުންގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

ވޭމަންޑޫ އެފްއާރުސީގެ ހިޔާކުރުމުގެ މަސައްކަތް ނިމިއްޖެ

ސިފައިންގެ 71ވަނަ އަސާސީ ތަމްރީނު ކޯހުގެ ޕާސިންގ އައުޓް ޕެރޭޑް މިއަދު!

“ޖެނެރޭޝަނަލް ބޭން” ކަނޑައެޅުމާމެދު މިއަދު ކެބިނެޓުގައި ގޮތެއް ނިންމަނީ

ފުވައްމުލަކުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށިގެން ކުރިޔަށްދަނީ!
