logoEN
Sto top
ސިފައިންގެ 71ވަނަ އަސާސީ ތަމްރީނު ކޯހުގެ ޕާސިންގ އައުޓް ޕެރޭޑް މިއަދު!

ސިފައިންގެ 71ވަނަ އަސާސީ ތަމްރީނު ކޯހުގެ ޕާސިންގ އައުޓް ޕެރޭޑް މިއަދު!

އަހުމަދު ޝުރާއު

logo

4/13/2025, 8:55:36 AM

# އެމްއެންޑީއެފް

--

އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަށުން ހިންގާ "ދަ ބޭސިކް ސްކޫލް" ގެ އަސާސީ ތަމްރީނު ފުރިހަމަކުރި ދަރިވަރުންގެ ޕާސް އައުޓް ޕެރޭޑް މިއަދު އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

Wamco

އެމްއެންޑީއެފުން މިއަދު ބުނީ 71ވަނަ އަސާސީ ތަމްރީނު ކޯހުގެ ޕާސިންގ އައުޓް ޕެރޭޑް، މިއަދު 16:00ގައި ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި އޮންނާނެ ކަމަށެވެ. އަދި މި އިވެންޓު އެމްއެންޑީއެފް ރަސްމީ ފޭސްބުކް ޕޭޖުން ލައިވްކުރާނެކަމަށްވެސް ވަނީ ބުނެފައި އެވެ.

މިއަދުގެ އިވެންޓުގައި ތަމްރީނު ކޯސް ‌‏ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައި ދެއްވުން އޮންނާނެ އެވެ. އަދި މްރީނު ފުރިހަމަކޮށް ހުވާކުރެއްވި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވުންވެސް އޮންނާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ތަމްރީނު ކޯސް ‌‏ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައި ދެއްވާނީ ސުޕްރީމް ކޯޓުގެ ފަޑިޔާރެކެވެ، އަދި ބަޑި ހަވާލުކޮށްދެއްވަނީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.

ސިފައިންގެ 71 ވަނަ އަސާސީ ތަމްރީނު ކޯސް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside