logoEN
Sto top
އައްޑޫ ސިޓީގެ ބޭރުން ދަތުރުކުރަމުންދިޔަ ބޯޓެއްގެ ފަޅުވެރިއަކު ހާލު ދެރަވެގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

އައްޑޫ ސިޓީގެ ބޭރުން ދަތުރުކުރަމުންދިޔަ ބޯޓެއްގެ ފަޅުވެރިއަކު ހާލު ދެރަވެގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

އަހުމަދު ޝުރާއު

logo

2/20/2025, 8:12:55 AM

# އައްޑޫ ސިޓީ# އެމްއެންޑީއެފް

--

އައްޑޫ ސިޓީގެ ދެކުނުން 245 ނޯޓިކަލް ބޭރުން ދަތުރުކުރަމުންދިޔަ ބޯޓެއްގެ ފަޅުވެރިއަކު ހާލެ ދެރަވުމާއި ގުޅިގެން ފަރުވާ ދިނުމަށްޓަކައި ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

Wamco

ސިފައިން މިއަދު ބުނީ އައްޑޫ ސިޓީގެ ދެކުނުން 245 ނޯޓިކަލް ބޭރުން ދަތުރުކުރަމުންދިޔަ "އެމްވީ އަލްފާ އީތޯސް" ބޯޓުގެ ފިރިހެން ފަޅުވެރިއެއްގެ ޞިއްޙީ ހާލަތު ގޯސްވެ، އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދިއުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިގޮތުން މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު، މި މަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަން ވަނީ އެހީތެރިވުމަށް ޓަކައި ހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް ގޮސްފައެވެ.

އަދި އުމުރުން 31 އަހަރުގެ އެ ބަލިމީހާ އިތުރުފަރުވާއަށް ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside