
--
ހުޅުމާލެ، ފޭސް 1ގައި ހުންނަ "ފްރިޒް" ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހުޅުމާލެ، ފޭސް 1ގައި ހުންނަ "ފްރިޒް" ގުދަނުގެ 4 ވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު ރޭ 00:36 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިގޮތުން ފަޔަރފައިޓަރުންނަށް ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 01:03 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ގުޅުންހުރި

ހުޅުމާލެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް!

އައްޑޫ ސިޓީގެ ބޭރުން ދަތުރުކުރަމުންދިޔަ ބޯޓެއްގެ ފަޅުވެރިއަކު ހާލު ދެރަވެގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ހުޅުމާލޭގެ ފަޅު ގޯއްޗެއްގައި އަލިފާނުގެ ހާދިސާއެއް!
