
ފުވައްމުލަކުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށިގެން ކުރިޔަށްދަނީ!
# ފުވައްމުލައް ސިޓީ--
ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށިގެން ކުރިޔަށްދާ ކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން ހާމަކޮށްފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއު ކުރިޔަށްދާ ގޮތުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ސައިޑްވޯކް ޕޭވިންގެ މަސައްކަތް މިހާރު ސައިޓުގައި ކުރިއަށްދާއިރު، ސަރވިސް ލައިންތަކާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ދާދި ފަހުން ކަމަށްވާއިރު މިހާރު މި މަޝްރޫއުގެ ފުރިހަމަ ވެފައިވަނީ 4 އިންސައްތަ މަސައްކަތެވެ.
ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 50 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ހިމެނެ އެވެ. އެއީ ގާތްގަނޑަކަށް 12.7 ކިލޯ މީޓަރެވެ.
މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގައި އެވެ.
ގުޅުންހުރި

ފުވައްމުލައް ސިޓީގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި ޒުވާނަކަށް އަނިޔާތަކެއް: އިތުރު ފަރުވާއަށް އައްޑޫއަށް!

ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ލެބޯޓަރީއަށް ބޭނުންވާ ތަކެތި ފުވައްމުލައް ކައުންސިލާއި ހަވާލުކޮށްފި
