logoEN
PNC TOP 3
ވޭމަންޑޫ އެފްއާރުސީގެ ހިޔާކުރުމުގެ މަސައްކަތް ނިމިއްޖެ

ވޭމަންޑޫ އެފްއާރުސީގެ ހިޔާކުރުމުގެ މަސައްކަތް ނިމިއްޖެ

އަހުމަދު ޝުރާއު

logo

4/13/2025, 9:01:28 AM

# ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާ

--

ކޮޅުމަޑުލު ވޭމަންޑޫގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ގެ ހިޔާކުރުމުގެ މަސައްކަތް ނިންމައިފިއެވެ.

PNC MID 2

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމް ގާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، ތ. އަތޮޅުގެ ހަތަރު ރަށެއްގައި މިވަގުތު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަނީ ޤާއިމްކުރަމުންނެވެ. އެއީ ތ. ކަނޑޫދޫ، ތ. ވޭމަންޑޫ، ތ. އޮމަދޫ އަދި ތ. ވިލުފުއްޓެވެ.

ތ. ވޭމަންޑޫގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހިޔާކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ތަޅުން ލެވެލްކުރުމަށް ބޭނުންވާ ވެލި އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުމާއިއެކު ތަޅުން އަޅައި، ބާކީ ހުރި މަސައްކަތްތައްވެސް ފަށާނެއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ގާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހުރުމުގެ އިތުރުން އަންހެން ބޭފުޅުންނަށް ކަސްރަތު ކްލާސްތައް ހިންގޭނެ އިންތިޒާމްވެސް ހަމަޖެހޭނެއެވެ.

ތ އަތޮޅުގެ ހަތަރު ރަށުގައި މިވަގުތު ޤާއިމްކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލުމަކީ ސަރުކާރުގެ އަމާޒެވެ. މި ހަތަރު ރަށުގެ އިތުރުން ބާކީ ހުރި ރަށްތަކުގެ ތެރެއިން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައްވެސް ޤާއިމްކުރަން ޖެހޭ ރަށް ރަށުގައި އެފްއާރުސީ ޤާއިމްކުރުމާއި، އެފްއާރުސީ މަރާމާތުކުރަން ޖެހޭ ރަށްރަށުގެ އެފްއާރުސީތައް މަރާމާތުކުރުމުގެ މަސައްކަތްވެސް މި ދެ އަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް ވަނީ ނިންމާފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC