
ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ޔަހޫދީން ބޮން އަޅައި 4 ކުޑަކުދިން ހިމެނޭހެން 15 މީހަކު ޝަހީދުކޮށްލައިފި
# ޣައްޒާޣައްޒާގެ އުތުރުގެ ޖަބާލިއާ ރެފިއުޖީ ކޭމްޕުގެ ގެއަކަށް އަމާޒުކޮށް އިޒްރޭލުން މިއަދު ފަތިހު ދިން ވައިގެ ހަމަލާއެއްގައި 15 މީހުން ޝަހީދުވެއްޖެ އެވެ.

ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނީ މި ހަމަލާގައި ފަލަސްތީނުގެ 10 މީހަކު ގެއްލިފައިވާކަމަށާއި އެ މީހުން ތިބީ ކުނިތަކުގެ ދަށުގައި ކަމަށް ބެލެވޭ ކަމަށެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިންނާއި އަންހެނަކު ހިމެނޭ ކަމަށެވެ.
ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބާސަލް ވިދާޅުވީ ޖަބަލިއާ އަވަށުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅެމުން ދިޔަ ގެއަކަށް އަމާޒުކޮށް ޔަހޫދީން ދިން މި އަނިޔާވެރި ހަމަލާގައި20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެ ހަމަލާ އާއި ގުޅިގެން ވަކި ބަހެއް މިވަގުތު ބުނަން ފަސްޖެހިފައި އެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





