
ނުސީރަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ބޮން އަޅައި 9 މީހަކު ޝަހީދުކޮށްލައިިފި, ކުޑަކުދިންނާއި އަންހެނުން ހިމެނޭ!
# ޣައްޒާޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ބޮން އަޅައި 9 މީހަކު ޝަހީދުކޮށްލައިިފި އެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކުރާ ގޮތުގައި ފަލަސްތީނުގެ އެންކްލޭވްގެ މެދުގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގެ ހުޅަނގު އުތުރުން ސަރަހައްދަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލާފައި އެވެ.
އެގޮތުން މިވަގުތާއި ހަމައަށް އެހަަލާގައި ނުވަ މީހަކު ޝަހީދުވެ، 15 މީހަކުވަނީ ޒަހަމްވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއީ ފާއިތުވި ހަފްތާގެ ތެރޭގައި ނުސީޜަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ދިން އެންމެ ވަރުގަދަ އެއް ހަމަލާކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 45,484 އަށް އަރާފައި އެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





