
2034 ގެ ވޯލްޑްކަޕް ބިޑު ސައުދީއަށް ކާމިޔާބުވުމުން ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ
# ރައީސް މުއިއްޒު--
2034 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ބިޑު ސައޫދީ އަރަބިއްޔާއިން ކާމިޔާބުކުރުމުން އެ ގައުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެެވެ.

ސައުދީއަށް ބިޑު ކާމިޔާބުވުމާ ގުޅިގެން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މި ބޮޑު ކާމިޔާބަކީ ބައިނަލްއަގްވާމީ ދުނިޔޭގައި ސައުދީ އަރަބިއްޔާގެ މަގުބޫލުކަމާއި ނުފޫޒު އިތުރުވަމުން އަންނަކަމާއި، ސައުދީގެ އިސްނެގުން ހާމަވާ ކަމެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ސައުދީއަށް ލިބުނު ފަޚުރެއް ނޫން ކަމަށާއި، މުޅި އަރަބި ދުނިޔެއާއި، އިސްލާމީ މުޖުތަމައުއަށް ވެސް ލިބުނު ކާމިޔާބެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވާދަވެރި މުބާރާތެއް ފެންނަ ވޯލްޑް ކަޕެއްގެ އިތުރަށް އެއްބައިވަންތަކަމާއި، ސަގާފީ ގުޅުމާއި، އައު އީޖާދުތައް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
2023 ވަނަ އަހަރުގެ ވޯލްޑްކަޕް ބިޑް ސައުދީޢަށް ކާމިޔާބުވިކަން ރަސްމީކޮށް އިއުލާނުކުރީ މިއަދު ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން މިއަދު ބޭއްވި ފީފާގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެވެ.
ސައުދީ އަރަބިއްޔާ ވެގެންދާނީ 2022 ވަނަ އަހަރު ގަތަރަށް ފަހު އެންމެ މަތީ ފަންތީގެ ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތް ބާއްވާ މެދުއިރުމަތީގެ ދެވަނަ ގައުމަށެވެ.
ގުޅުންހުރި

ލިޔުންތެރީން ވާންޖެހޭނީ ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް - ރައީސް

ޓެކްސަސްގެ ފެންބޮޑުވެ ގިނަ ބަޔަކު މަރުވުމާއި ގުޅިގެން ރައީސް މުއިއްޒު، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި
.jpg&w=3840&q=75)
ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރުމަށް ޓަކައި "ފަރުމުލި" އަކީ މާފަރުގެ ބައެއް ނޫންކަމުގައި ރައީސް ކަނޑައަޅުއްވައިފި
