
--
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)ގެ އޭ.ޓީ.އެމް ޚިދުމަތް 19 ރަށަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭ.ޓީ.އެމް ޚިދުމަތް ފުޅާކުރުމާބެހޭގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި އިސްލާމިކް ބޭންކާއި ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ. މި ފަހުމްނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުފައްދަލް އިދްރީސް ޚުމްރީއެވެ.
މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.
މިހާރު 12 އަތޮޅުގެ 18 ރަށެއްގައި އެމް.އައި.ބީ ގެ 39 އޭ.ޓީ.އެމް ޤާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް އެމް.އައި.ބީ ގެ އިތުރު 23 އޭ.ޓީ.އެމް އެކިރަށްރަށުގައި ޤާއިމުކުރެވޭނެއެވެ. އަދި މި މަޝްރޫޢު ނިމޭއިރު އެމް.އައި.ބީގެ އޭ.ޓީ.އެމް.ގެ ޚިދުމަތް 16 އަތޮޅެއްގެ 37 ރަށަކަށް ފޯރުކޮށްދެވޭނެއެވެ.
ގުޅުންހުރި

ސަރުކާރުގެ ޓެކްސީ ލައިނަށް 107 ޑްރައިވަރުން ހޯދަން އިއުލާންކޮށްފި

ބަންގްލަދޭޝްގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލައިފި

.gif&w=3840&q=75)



