
-
މާލީ އެކި ސަބަބުތަކުގެ ސަބަބުން މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އެކަމުގެ ޙައްލެއް ގެނެސްދިނުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ދޫކުރާ ހިޔާވެހި ފައިނޭންސް ސްކީމް އިފްތިތާޙްކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މި ލޯނު ސްކީމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އަލަށް ގެއެއް އިމާރާތްކުރަން ބޭނުންވާ އަދި ގެއެއް އިމާރާތްކުރަން ފަށައި މަސައްކަތް ނުނިމި ތިބި މީހުންނާއި ގެ މަރާމާތު ނުކުރެވި ތިބި މީހުންނަށް %5 ގައި ލޯން ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން, ބޭންކް އޮފް މޯލްޑިވްސް, އަދި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށެވެ.
ތައާރަފްކޮށްފައިވާ 3 ލޯން ސްކީމް
1. އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ގެދޮރު ޢިމާރާތްކުރުމުގެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 1 މިލިޔަން ރުފިޔާއާއި ހަމައަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. މި ސްކީމްގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ.
2. ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްރަށަށް ޚާއްޞަ ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމައަށް ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ސަރަހައްދަށް 6 މިލިއަން ރުފިޔާއާ ހަމައަށް ލޯން ދޫކުރުމަށް ނިންމާފައިވާއިރު, މި ސްކީމް އަމާޒުކޮށްފައިވަނީ ގެދޮރު ނުހެދިފައިވާ ހުރިހާ ފަރާތްތަކަށާއި، ހަދަން ފަށައި ނުނިމިހުރި ޢިމާރާތްތައް ނިންމުމުގެ އިތުރުން މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ޢިމާރަތްކުރުމުގެ ފުރުޞަތު ފަހިވާގޮތަށެވެ.
އާބަން ސެންޓަރުތައް އަދި ފުރަމާލެއަށް ޚާއްޞަކޮށް ކުރިއަށްގެންދާ ލޯނު ސްކީމްތައް ކުރިއަށްގެންދާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.
ހިޔާވަހި ފައިނޭންސިން ސްކީމުގެ ދަށުން ދޫކުރާ ހުރިހާ ލޯނެއް ވެސް ދޫކުރާނީ ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. މި ލޯނަށް އެޕްލައި ކުރުމުގެ ފުރުސަތު މާދަމާ އިން ފެށިެން ހުޅުވާލުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާ އިން ވަނީ ނިންމައިފައެވެ.
މި ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުން ފެށިގެންނެވެ.
ގުޅުންހުރި
ދިވެހީންގެ ޤައުމީ ޙަޔާތުން ފެންނަން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ، ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ޙާލަތެއްގައިވެސް ދިވެހިން އިސްކުރާ އެއްބައިވަންތަކަން!

ރައީސް ވައުދުފުޅާއި އެއްގޮތަކަށް އެކަނިވެރިމައިންގެ އިނާޔަތް ބޮޑުކޮށްފި

ޑިޖިޓަލް އިކޮނޮމީއަކީ އިގުތިސާދުގައި ޖީ.ޑީ.ޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު!





