
ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 43,000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ޣައްޒާ ސަރުކާރުން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ޣައްޒާއިން 43,163 މީހުން ވަނީ ޝަހީދުވެފައި އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 101,510 އަށް އަރާފައި އެވެ.
މި ތަފާސްހިސާބުތަކުގެ ތެރެއިން 16,000 އަށްވުރެ ގިނަ މީހުންނަކީ ކުޑަކުދިން ކަމަށް ޣައްޒާ ސަރުކާރުން ބުނެއެވެ. އަދި ޝަހީދުވި އަންހެނުންގެ އަދަދުވެސް 10,000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ވަނީ ބުނެފައި އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންވަނީ ޣައްޒާގެ ބޮޑު ގަތުލުއާންމުއެއްވެސް ހިންގާފައި އެވެ. އެގޮތުން ޣައްޒާގެ ބެއިތް ލަހްޔާގައި ހުންނަ އާއްމުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް އިޒްރޭލުން މިއަދު ދިން ނިރުބަވެރި ހަމަލާއާއި އެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 102 މީހަކު ވަނީ ޝަހީދުވެފައި އެވެ.
ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކާއި އެކު ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ އެކި ގައުމުތަކުން އިޒްރޭލަށް ގޮވާލަމުން އަންނަ އިރު ޔަހޫދީން އެކަމަށް ދެމުން އަންނަނީ ބީރު ކަންފަތެކެވެ. އަދި ދުވަހަކަށް ވުރެ ދުވަހެއް ހަަމަލާތައް ވަރުގަދަ ކުރަމުން އަންނައިރު މި ހަމަލާތަކަށް ހަތިޔާރި ފޯރުކޮށްދެމުން އަންނަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުންނެވެ.
ގުޅުންހުރި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 139 އަށް!

ގެދޮރު ގެއްލިފައި ތިބި ގިނަ ބަޔަކު ދިރިއުޅެމުންދިޔަ އިމާރާތަކަށް ބޮން އަޅައިފި: ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން!

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 85 މީހަކު ޝަހީދުކޮށްލައިފި
