
-
ރާއްޖެ އާއި ތުރުކީއާ ދެމެދުގައި އޮތީ ބަދަހި، ވަރުގަދަ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ތުރުކީގެ 101 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނަށް ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ.
ރައީސް ޑރ. މުއިއްޒު ފޮނުއްވި ތަހުނިޔާ މެސެޖުގައި ވިދާޅުވީ, ރާއްޖެ އާއި ތުރުކީވިލާތުގެ ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރުގެ ބިންގާގެ މަތީގައި ބިނާކޮށްފައިވާ ވަރުގަދަ، ބަދަހި ގުޅުމެއްކަމަށެވެ.
ދެ ގައުމުގެ 45 އަހަރުވީ ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ, ޖިއޮގްރަފީ ގޮތުން ދެ ދެއުމުގެ ދެމެދުގައިވާ ރާސްތާ ކިތަންމެ ދުރުކަމުގައިވިޔަސް، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަންސަތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ފުރާ ފުރިހަމަވަމުން ދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
ރައީސް މެސެޖު ނިންމަވާލައްވާފައިވަނީ، ރައީސް އުރްދުޣާނަށް ފުރިހަމަ ސިއްޙަތަކަށް އެދިވަޑައިގެން، ތުރުކީވިލާތުގައި އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވަމުންނެވެ.
ގުޅުންހުރި

މަޖިލީހުގެ މެމްބަރުންގެ ވަކި އިންސައްތައެއް، އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަނީ!

މަރުގެ ހުކުމް އިއްވާފައި ތިބި މީހުންނަށް އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިޚުތިޔާރެއް ނޫން - ރައީސް

ޤާނޫނުގައި ފިޔަވަޅު އެޅޭ ބާރު އޮތް ނަމަވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޤަބޫލު ނުކުރަން - ރައީސް

.gif&w=3840&q=75)



