logoEN
cocacola
މި ސަރުކާރުން 7,000 އަށްވުރެ ގިނަ ވަޒީފާ ދީފައިވާކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

މި ސަރުކާރުން 7,000 އަށްވުރެ ގިނަ ވަޒީފާ ދީފައިވާކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އަލްފާ އަލީ

logo

10/15/2024, 11:46:29 AM

# ރައީސް އޮފީސް# ހީނާ ވަލީދު# ރައީސް މުއިއްޒު# ސިޔާސީ މަގާމުތައް

-

މި ސަރުކާރުގެ ސިޔާސީ މަގާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް 7،000 އަށްވުރެ ގިނަ މުވައްޒަފުން ނެގިކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.

ގޮސިޔާ

މި ސަރުކާރުން 7000 އަށް ވުރެ ގިނަ ވަޒީފާ ދީފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފައިވަނީ "އަދަދު" ނޫހުންނެވެ.

އަދަދު ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި 2،000 އާ ގާތްކުރާ އަދަދަށް މީހުން ނަގައި, މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ކުންފުނިތަކުން 5,000 ވަޒީފާ ދީފައިވެއެވެ.

އެކަމާއި ގުޅިގެން ރައީސް އޮފީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ, "އަދަދު" ނޫހުގައި ޝާއިއުކޮށްފައި ވާ ވާހަކައަކީ ބުހުތާނު ދޮގެއް ކަމަށެވެ. އަދި ޚިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލި ނަމަވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓަރއަށް ވުރެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދުން 1000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕީސީބީއިން ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

"މިފަދަ ދޮގު ޚަބަރު ލިޔަނީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށާ، މިދިޔަ 5 އަހަރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަގީގަތް އޮޅުވާލަން" - ހީނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމާފައެވެ. ވަކި ކުރަން ނިންމި 228 މުވައްޒަފުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި, ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ