
ޔަހޫދީންގެ ހަމަލާތަކާއި އެކު ލުބުނާނުން ދެ ލައްކައަށް ވުރެ ގިނަ މީހުން ސީރިއާއަށް ހިޖުރަކޮށްފި - އދ
# ލުބުނާނުޔަހޫދީ އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ލުބުނާނުގެ ދެ ލައްކައަށްވުރެ ގިނަ ރައްޔިތުން އަވަށްޓެރި ސީރިއާއަށް ހިޖުރަކޮށްފައިވާ ކަމަށް އދ އިން ބުނެފި އެވެ.

ސޫރިޔާގައި ހުންނަ އދ.ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރު ގެ އޮފީހުން ބުނީ ލުބުނާނުގައި ދިރިއުޅޭ ލުބްނާނާއި ސޫރިޔާގެ 206،000 މީހުން އިސްރާއީލުގެ ވައިގެ ހަމަލާތަކުން ފިލައިގެން ސީރިއާއަށް އެތެރެވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ޔޫއެންއެޗްސީއާރް އިން ބުނީ ލުބުނާނާއި ސީރިއާއާ ދެމެދު އޮންނަ މައި ބޯޑަރު ކްރޮސިންއަށް އިއްޔެ ދިން ހަމަލާއެއްގައި މަގުގެ ބައެއް ހަލާކުވެ، ވެހިކަލްތަކަށް ވަދެވޭ ގޮތް ހުއްޓުމާއި ގުޅިގެން ގުޅިގެން މީހުން ފިލައިގެން ސީރިއާއަށް އެތެރެވަމުން ދަނީ ފައިމަގުގައި ކަމަށެވެ.
އިޒްރޭލު އަސްކަރިއްޔާއިން އިއްޔެ ލުބުނާނާއި ސީރިއާއާ ދެމެދު އޮންނަ މައި ބޯޑަރު ކްރޮސިންއަށް ވަރުގަދަ ހަމަލާއެއް ދިނުމަށްފަހު ބުނީ އެ ކްރޮސިންއަށް ހަމަލާދިނީ ހިޒްބުالله އިން ލުބުނާނަށް ހަތިޔާރު ގެނައުމަށް އެ މަގު ބޭނުން ކުރާތީ ކަމަށެވެ. ނަމަވެސް އެކަމުގެ ސާބިތު ހިފޭ ހެއްކެއް އިޒްރޭލަށް ނުދެއްކުނު އިރު މިއީ ސީދާ ލުބުނާނުގެ އާންމުންނަށް ޖެއްސުން ކުރުމަށް ޔަހޫދީން ކުރި ކަމެއް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ މިދިޔަ މަހުގެ ފަަހުކޮޅު އެވެ. ލުބުނާނުގެ ހިޒްބުالله އާއި ދެކޮޅަށް ކަމަށްބުނެ ފެށި މި ހަމަލާތަކުގައި ލުބުނާނުގެ އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާއިރު އިޒްރޭލުން މިހާރު ދަނީ އެއްގަމު މަގުން ލުބުނާނަށް އަރައި އެތަކެއް ލުބުނާނުގެ ބިން ފޭރިގަތުމުގެ މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެ, އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި ލުބުނާނުގެ 6 މީހަކު ޝަހީދުވެއްޖެ

ލުބްނާނުގެ ރައީސްކަމަށް އަސްކަރިއްޔާއާއި ހަވާލުވެގެން ހުންނެވި ޖޯސެފް އައުން އިންތިހާބުކޮށްފި

މިއަދު އެކަނިވެސް ޔަހޫދީންގެ 70 އަށްވުރެ ގިނަ ވައިގެ ހަމަލާ ލުބުނާނަށް!
