
ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޗައިނާގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސް މުއިއްޒުގެ ތަހުނިޔާ!
# ރައީސް މުއިއްޒު--
ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޝީ ޖިންޕިންގްއަށާއި، ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާގެ ބޮޑުވަޒީރު ލީ ޗާންގްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ޗައިނާގެ ރައީސް ޝީއަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، "ވަން-ޗައިނާ ޕޮލިސީ" އަދި، ދެ ޤައުމު ހިއްސާކުރާ ދޭދޭ މަސްލަޙަތު ހިމެނޭ ކަންކަމާ، އިސްތިޤުލާލީ ހަމަހަމަކަމާއި، ސަރަޙައްދީ ނަޒާހާތްތެރިކަން ނުވަތަ ބޭރުގެ ފަރާތަކުން އަތުވެދާނެ ޢުދުވާނަކުން ދިފާޢުވުމަށް ލިބިދީފައި އޮތް ޙައްޤާއި، ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ސިޔާސަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރު ކުރައްވާފައެވެ.
އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވަމުން ދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށާ، މި ކުރިއެރުންތަކުގެ ސަބަބުން ދެ ޤައުމަށްވެސް ފައިދާކުރަނިވި ހެޔޮ ބަދަލުތަކެއް ލިބެމުން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.
ބޮޑުވަޒީރު ލީ ޗާންގްއަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ މަސްލަޙަތު އޮތް ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ވެފައިވާ ވަޢުދު ތަކުރާރު ކުރައްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި މިހާރުވެސް އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް އަދި މިގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އެބަ އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައެވެ.
ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ، 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުގެ މުނާސަބަތުގައެވެ.
ގުޅުންހުރި

ލިޔުންތެރީން ވާންޖެހޭނީ ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް - ރައީސް

ޓެކްސަސްގެ ފެންބޮޑުވެ ގިނަ ބަޔަކު މަރުވުމާއި ގުޅިގެން ރައީސް މުއިއްޒު، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި
.jpg&w=3840&q=75)
ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރުމަށް ޓަކައި "ފަރުމުލި" އަކީ މާފަރުގެ ބައެއް ނޫންކަމުގައި ރައީސް ކަނޑައަޅުއްވައިފި
