
ރަށުން ބޭރުގައި ވުލްވްސް އަތުން މޮޅުވެ ލިވަޕޫލް އެއްވަނައަށް
# އިނގިރޭސި ޕްރެމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# ވުލްވްސް# ލިވަޕޫލްލިވަޕޫލާއި ވުލްވްސް ވާދަކުރި މެޗުގެ ތެރެއިން
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ބޯންމައުތު އަތުން މޮޅުވެފައިވާއިރު، ލީގުގައި ވުލްވްސް އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަންވިލާ އަތުން އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އެވެ.
މިއީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޑިއޭގޯ ޖޯޓާ ޕެނަލްޓީ އޭރިއާތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ވުލްވްސް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަލްޖީރިއާ ޑިފެންޑަރު ރަޔާން އައިޓް - ނޫރީ އެވެ.
ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހް އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ލިވަޕޫލަށް 15 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވުލްވްސްއަށް ހަ މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ފުލުގައެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު ލިއޯން ބަލިކޮށް ޔުނައިޓެޑް ސެމީފައިނަލުން ޖާގަ ހޯފައިފި

ޔޫރަޕްގެ ޗެންޕިއަން ރެއާލް ކަޓުވާލުމަށްފަހު އާސެނަލް ސެމީފައިނަލުން ޖާގަ ހޯދައިފި

އެސްޓަން ވިލާ ކަޓުވާލުމަށް ފަހު ޕީއެސްޖީ ސެމީފައިނަލުން ޖާގަ ހޯދައިފި

6 އަހަރަށްފަހު ބާސެލޯނާ ޗެންޕިއަންސް ލީގު ސެމީފައިނަލުން ޖާގަ ހޯދައިފި
ފަހުގެ

ވާދަވެރި ކުޅުމަކަށްފަހު ލިއޯން ބަލިކޮށް ޔުނައިޓެޑް ސެމީފައިނަލުން ޖާގަ ހޯފައިފި

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އާދީއްތާގައި ހުޅުވާލަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވޯކްޝޯޕެއް ބާއްވައިފި

މާލެ ސިޓީ ކައުންސިލުން 50 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި

ކެންދޫއާއި ދޮންފަނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް މަޝްވަރާކޮށްފި
