
--
ދ ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުތަކުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީއިން ބުނެފި އެވެ.

އާރްޑީސީއިން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އާރްޑީސީއިން ބުނީ ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދަނީ ޝަހީދު އަލީ ހިނގުމުގައި އެކްސްކެވޭޝަން ގެ މަސައްކަތާއި ސްޓޯރމް ވޯޓާރ ހޮޅި އެޅުމުގެ މަސައްކަތް ކަމަށެވެ.
އަދި މޫނިމާ ހިނގުމުގައި ކާރބް ސްޓޯން އެޅުމަށް ޓްރެންޗިންގ ގެ މަސައްކަތް ވެސް ދަނީ ކުރަމުންކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިއީ 122 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ. ނަމަވެސް ކުރީ ވެރިކަން ނިމުނު އިރުވެސް މަޝްރޫއުގެ މަސައްކަތް މާ ބޮޑަކަށް ކުރިޔަކަށް ނުދެއެވެ.
ގުޅުންހުރި

ތިނަދޫ ސިޓީގެ މަގުތައް ހެދުމުގެ ތިން ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ރާއްޖެއަށް ބޭނުންވާ ހެވީ މެޝިނަރީތައް ހޯދުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުންޏާއިއެކު އެއްބަސްވުމެއް!

ތިން ރަށެއްގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއަށް!

.gif&w=3840&q=75)



