logoEN
cocacola
ބިގް ބޮސް 18: ޝޯގެ ފުރަތަމަ ޕްރޮމޯ ނެރެފި

ބިގް ބޮސް 18: ޝޯގެ ފުރަތަމަ ޕްރޮމޯ ނެރެފި

ސާރާ އަހުމަދު

logo

9/17/2024, 5:30:00 AM

# ބޮލީވުޑް# ބިގްބޮސް

--

"ބިގް ބޮސް 18" ގެ ޕްރޮމޯގެ ޝޫޓިންއިން ސަލްމާން ޚާން ފެނިގެން ދިޔަ ހިސާބުން ފެށިގެން ފޭނުން ތިބީ ކުރިއަށް އޮތް ސީޒަނާ މެދު ވަރަށް އުފަލުންނެވެ.

ގޮސިޔާ

އޭނާގެ އެފެނިލުމަކީ އޭނާ ޝޯ ހޯސްޓް ނުކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން ޔަގީންކުރުވި ކަމެކެވެ.

ބެލުންތެރިން ޝޯގެ ތަފްސީލަކަށް އިންތިޒާރު ކުރަމުން އަންނަނިކޮށް މިއަދު ވަނީ، ބިގް ބޮސް 18 ގެ ފުރަތަމަ ޓީޒާ ރިލީޒްކޮށްކޮށްފަ އެވެ. ސަލްމާންގެ ވޮއިސް އޯވާ ހިމެނޭ 10 ސިކުންތުގެ މި ކްލިޕަކީ އެޑްރިނަލިން ރަޝް އެއް ދިނުމަށް ފުދޭ ވަރުގެ ކްލިޕެއް ކަމަށް ބިގްބޮސްގެ ފޭނުން ބުނެއެވެ.

"ދިލް، ދިމާގް އޯރް ދަމް ކާ ގޭމް" އަށް ފަހު އެ ޓީމުން ވަނީ އާ, ނަމަވެސް ޝައުގުވެރި އައު ތީމެއް އިއުލާންކޮށްފަ އެވެ. އެހެން ސީޒަންތަކެކޭ އެއްފަދައިން ބިގް ބޮސް 18 ގެ ތީމް ވެސް ވަނީ އިންޓަނެޓްގައި ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ.

މި ކުރު ކްލިޕްގައި ޝޯވ ރިލީޒްކުރާ ތާރީހާއި ބައިވެރިންނާ ބެހޭ ގޮތުން އެއްވެސް އިޝާރާތެއް ނުދެއެވެ.

މިފަހަރުގެ ސީޒަންއިން ފެނިގެންދާނެ ކަމަށް އަޑުފެތުރިފައިވާ ބައިވެރިންގެ ތެރޭގައި ދަލްޖީތު ކޯރް، ޝޯއިބް އިބްރާހިމް، ދިގްވިޖޭ ސިންގް ރާތީ، ސަމީރާ ރެޑީ، މެކްސްޓާން، ޕޫރަވް ޖާ، ޕޫޖާ ޝަރުމާ، ތުގޭޝް، ޝީޒާން ޚާން، ކަރަން ޕަޓޭލް ފަދަ ތަރިން ހިމެނެ އެވެ.

އެހެންވީމާ, ސީޒަން 18 އަށް ތައްޔާރުތަ؟

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ