
-
ދުނިޔޭގެ މަޝްހޫރު ޓްރެވެލް އެޖެންސީ "ޓްރިޕްޑޮޓްކޮމް" މެދުވެރިކޮށް މޯލްޑިވިއަންގެ ޓިކެޓްތައް މިހާރު ބުކް ކުރެވޭނެ ކަމަށް އެ އެއަރލައިން އިން ބުނެފި އެވެ.

ގައުމީ އެއަރލައިން, މޯލްޑިވިއަނުން ބުނީ ޓްރިޕްޑޮޓްކޮމް މެދުވެރިކޮށް އެ އެއާލައިންގެ ހުރިހާ ދަތުރަކަށް ވެސް އޮންލައިންކޮށް މިހާރު ބުކިން ހެދޭނެ ކަމަށެވެ. އެކުންފުނިން މި ބަދަލު ގެނެސްފައިވަނީ ހުކުރު ދުވަހުންފެށިގެންނެވެ.
މޯލްޑިވިއަން އިން ބުނީ, މި ބަދަލުގެ ސަބަބުން އެ އެއަރލައިނުން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ޓިކެޓް ބުކް ކުރުމުގެ ހިދުމަތް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އޮންލައިންކޮށް ބުކިންގ ހަދާ ފަރާތްތަކަށްވެސް ފަސޭހަވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މޯލްޑިވިއަން އިން އަންނަނީ ރާއްޖޭގެ 16 ޑޮމެސްޓިކް މަންޒިލަކަށް ދަތުރުކުރަމުންނެވެ. އޭގެ އިތުރުން އިންޑިއާ, ސްރީލަންކާ އަދި ބަންގްލަދޭޝްއަށް ވެސް ދަތުރުކުރެއެވެ.
މޯލްޑިވިއަން އިން އަންނަނީ އެ އެއަރލައިނުން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ފަސޭހަކޮށް ދިނުމަށް އާ ކަންކަން ތައާރަފުކޮށް، ހިދުމަތްތައް އަވަސްކޮށް ދިނުމަށް މަސައްކަތްކުރަމުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ހަމަ އަސްލަށްވެސް ދިވެހީންގެ އެއާލައިން: މޯލްޑިވިއަނުން 6,000 އަށްވުރެ ގިނަ ޙާޖީންނާއި ޢުމްރާވެރިން އުފުލައިދީފި

11 ގަޑިއިރުގެ ސީދާ ދަތުރާއެކު އޮސްޓްރޭލިއާ ރާއްޖެއާ ގާތަށް!

މޯލްޑިވިއަންގެ ފްލައިޓުން އަލްކޮހޯލް ސާވިސް ދޭން އުޅޭކަމަށް ފެތުރޭ ވާހަކައަކީ ދޮގެއް- މޯލްޑިވިއަން




