ޕޯލިއޯ ވެކްސިނޭޝަން ޕްރޮގްރާމަށް ތިން ދުވަހަށް ޔަހޫދީން ހަމަލާތައް މެދުކަނޑާލަން އެއްބަސްވެއްޖެ - ޑަބްލިއުއެޗްއޯ
އަހުމަދު ޝުރާއު
8/29/2024, 6:25:11 PM
-
ހަނގުރާމައިގެ ތެރޭގައި އޮތް ޣައްޒާގައި ހަލުވި ކަމާއި އެކު ޕޯލިއޯ ފެތުރެމުންދާތި ޣައްޒާގައި ޕޯލިއޯ ވެކްސިނޭޝަން ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ޔަހޫދީ އިޒްރޭލުން ތިން ދުވަހަށް ހަމަލާތައް މެދުކަނޑާލަން އެއްބަސްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ, ޑަބްލިއުއެޗްއޯއިން ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޣައްޒާގައި ޕޯލިއޯ ވެކްސިން ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތަކުގައި "އޭރިއާ ސްޕެސިފިކް ހިއުމެނިޓޭރިއަން ސްޓޮޕްސް" ނުބަތަ ވަގުތީ މެދުކަނޑާލުމަކަށް ޔަހޫދީ އިޒްރޭލުން ވައުދުވެފައިވާ ކަން ހާމަކުރެއްވީ ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލެކެވެ.
އދ.ގެ ޞިއްޙީ އިދާރާއިން ބުނީ ޣައްޒާގައި އދ.ގެ ޞިއްޙީ އޮފިޝަލުންނަށް ޕޯލިއޯ ވެކްސިން ޖެހުމުގެ ހުއްދަ ދިނުމަށް ޓަކައި ޣައްޒާގައި މަދުވެގެން ތިން ދުވަހަށް ހަމާލާތައް ވަކި ވަގުތުތަކަށް މެދުކަނޑާލަން އިސްރާއީލުން އެއްބަސްވެފައިވާ ކަމަށެވެ. އިންސާނިއްޔަތަށްޓަކައި މެދުކަނޑާލާ ހަމަލާތައް މި ތިން ދުވަހަށް ފަހު ވެސް ދެމިއޮތުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެއިދާރާއިން ބުނެއެވެ
ޑަބްލިއުއެޗްއޯއިން ބުނީ މި އެއްބަސްވުމަކީ އެގައުމުގެ ގަޑިން ހެނދުނު 6:00 އިން މެންދުރުފަހު 3:00 އަށް ދުވާލަކު އަށް ގަޑިއިރަށް ހަމަލާތައް މެދުކަނޑާލުމަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ.
"އަޅުގަނޑުމެން މަޝްވަރާކޮށް އެއްބަސްވި ގޮތަށް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު، މެދު ޣައްޒާގައި، ތިން ދުވަހަށް ކެމްޕޭން ފެށޭނެ، އަދި ވެކްސިން ދިނުމަށް ހަމަލާތަކަށް ހުއްޓުމެއް އަންނާނެ،" ފަލަސްތީނުގެ ސަރަހައްދަށް އެ އެޖެންސީގެ މަންދޫބު ރިކް ޕީޕަރކޯން ވިދާޅުވި އެވެ.
ޣައްޒާގައި ގާތްގަނޑަކަށް 640،000 ކުޑަކުދިންނަށް ވެކްސިން ދިނުމަށް އދ އިން ތައްޔާރުވަމުން އަންނައިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިމަހުގެ 23 ވަނަ ދުވަހު ވަނީ ޓައިޕް 2 ޕޯލިއޯ ވައިރަހުގެ ސަބަބުން މަދުވެގެން އެއް ކުއްޖަކު ޕެރަލައިޒްވެފައިވާކަން ކަށަވަރުކޮށްދީފައެވެ.
މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ފަލަސްތީނުގެ ސަރަހައްދަކީ "ޕޯލިއޯ އެޕިޑެމިކް ޒޯނެއް" ކަމަށް ކަނޑައަޅައި، އިޒްރޭލުން 10 މަސް ދުވަހުގެ އަސްކަރީ ހަމަލާތަކާއި އޭގެ ނަތީޖާއެއްގެ ގޮތުން ސިއްހީ މަރުކަޒުތައް ހަލާކުކޮށްލުމުގެ ސަބަބުން ވައިރަސް އަލުން ފެނުމުގެ ޒިންމާ ޔަހޫދީން އުފުލަން ޖެހޭކަން ހާމަކޮށްފަެއެވެ.