logoEN
cocacola
އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީ އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީ އަތުން ޗެލްސީ ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

8/18/2024, 5:29:34 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# އިގިރޭސި ޕްރިމިއާ ލީގް# ޗެލްސީ# މެންޗެސްޓާރ ސިޓީ

ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ވާދަކުރި މެޗުގެ ތެރެއިން...

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ އިން ކާމިޔާބުކޮށްފައިވާއިރު، ސިޓީ އަތުން ޗެލްސީ އެންމެ ފަހުން މޮޅެއް ހޯދިފައިވަނީ 2021 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން މިދެޓީމު 10 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން އަށް މެޗުން ސިޓީ މޮޅުވިއިރު، ދެމެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެންޗެސްޓަރ ސިޓީން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފާއިތުވެދިޔަ ދެސީޒަނުގެ ޕްރެމިއާ ލީގު އެންމެ ގިނަ ލަނޑު ކުޅުންތެރިއާ ހާލަންޑް އެވެ.

މިއީ އެޓީގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކައިރީގައި ތިބި ދެޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކިޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ޗެލްސީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، ސިޓީ ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗެލްސީފެ ކުރީގެ މިޑްފީލްޑަރު މެޓްރޯ ކޮވަސިޗް އެވެ. މިއީ ޗެލްސީގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި މިއީ ޕްރެމިއާ ލީގުގައި ސިޓީ ޖެހިޖެހިގެން މޮޅުވި 10 ވަނަ މެޗެވެ. އޭގެ ތެރޭފައި މިދިޔަ ސީޒަނުގައި ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުވެސް ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ