
ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ އަންހެން ޗެމްޕިއަންކަން ހޯދި ނަމީކާ ޔަމަޝީތާ.. ފޮޓޯ: ވަން ސްޕޯޓްސް
ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ އަންހެން ޗެމްޕިއަންކަން ޖަޕާނުގެ ނަމީކާ ޔަމަޝީތާ ހޯދައިފިއެވެ.

މާލޭ ސިޓީގައި ހޮނިހިރު ދުވަހު ފެށި ވިސިޓް މޯލްޑިވްސް ޕްރޯގެ ފައިނަލް އިވެންޓްތައް ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވާ އިރު، އަންހެން އިވެންޓުން ޔަމަޝީތާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެގައުމުގެ ލެޖެންޑަރީ ބޮޑީބޯޑަރު، އަދި މިދިޔަ އަހަރުގެ އަންހެން ދުނިޔޭގެ ޗެމްޕިއަން ސާރީ އޮހާރާ ބަލިކޮށްގެންނެވެ.
ފައިނަލުގައި ޔަމަޝީތާ ޖުމްލަ 12.75 ޕޮއިންޓް ހޯދިއިރު، ސާރީއަށް އަށް ހޯދުނީ 12.00 ޕޮއިންޓެވެ. އެގޮތުން ޔަމަޝީތާ އެންމެ ސްކޯ ރަނގަޅު ދެ ރާޅުގެ ތެރެއިން އެއް ރާޅުގައި 6.50 ޕޮއިންޓް ހޯދިއިރު، އަނެއް ރާޅުގައި އޭނާ ވަނީ 6.25 ޕޮއިންޓް ހޯދާފައެވެ. އަދި ފައިނަލުގެ ފޭވަރޭޓުންގެ ގޮތުގައި ނުކުތް ސާރީއަށް އެންމެ ސްކޯ ރަނގަޅު ދެ ރާޅުގެ ތެރެއިން އެއް ރާޅުގައި 7.00 ޕޮއިންޓް ލިބުނުއިރު، އަނެއް ރާޅުގައި ހޯދުނީ 6.00 ފޮއިންޓެވެ.
03 އޮގަސްޓް 2024 އިން 09 އޮގަސްޓް 2024 އަށް މާލޭ ސިޓީގައި ކުރިއަށްދާ "ވިސިޓް މޯލްޑިވްސް 2024" ގައި މި މުބާރާތުގައި 14 ގައުމަކުން ޖުމްލަ 86 އެޓްލީޓުން ވަނީ ބައިވެތިވެފައެވެ.
ގުޅުންހުރި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ އަންހެން ޑިވިޝަން ޗެންޕިއަންކަން ކުލަބު ހުޅުން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް ބަލިކޮށް ފެމެލީ ބޭކާސް ފައިނަލުން ޖާގަ ހޯދައިފި
