
--
ޣައްޒާގެ ސްކޫލަކަށް ޔަހޫދީން ބޮން އަޅައި 10 މީހަކު ޝަހީދުކޮށްލައިފި އެވެ.

އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޣައްޒާ ސިޓީގެ ޝެއިޚް ރަދުވާން އަވަށުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އެތައްބަޔަކު ތިބި ސްކޫލަކަށް އިސްރާއީލުން މިއަދުގެ މިވަގުތާއި ހަމައަށް ވަނީ ދެފަހަރަށް ބޮން އަޅަފައި އެވެ.
ޔަހޫދީންގެ މި ހަމަލާ އަމާޒުވި ސްކޫލަކީ ހަމާމާ ސްކޫލެވެ.
މި ހަމަލާތަކުގެ ތެރެއިން ފުރަތަމަ ހަމަލާ ދީފައިވަނީ މީގެ ގަޑިއެއްހާ އިރު ކުރީންނެވެ. އެހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 10 އަށް އަރާފައިވާއިރު މީގެ ބައިގަޑިއިރެއްހާ ކުރިން ޔަހޫދީން ވަނީ ދެވަނަ ފަހަރަށް އެސްކޫލަށް ބޮން އަޅާފައި އެވެ.
ފަހުން ދިން ހަމަލާގައި ޖުމުލަ 3 މިސައިލް އެސްކޫލަށް އަމާޒުކޮށް ވައްޓާލި އިރު އެހަމަލާގެ ޝިކާރައަކަށް ވެގެންދިޔައީ ފުރަތަމަ ހަމަލާގައި ޒަހަމްވި ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންނަށް ކަމަށް އަލް ޖަޒީރާއިން ބުނެއެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



