
އަންނަ ހުކުރުން ފެށިގެން ހުކުރު ހުތުބާގެ ތަރުޖަމާ ވަގުތުން ގެނެސްދޭނެ - ޑރ ޝަހީމް
# ހުތުބާ# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު# އިސްލާމިކް މިނިސްޓްރީ-
އަންނަ ހުކުރުން ފެށިގެން ހުކުރު ހުތުބާގެ ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ލައިވް ފީޑް އިން ފެންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, މިއަންނަ ހުކުރު ހުތުބާގެ ތަރުޖަމާ ވަގުތުން އިސްލާމީ މަރުކަޒުގެ ޓީވީތަކުންނާއި, އިސްލާމިކް މިނިސްޓްރީގެ ލައިވް އިން ފެންނާނެ ކަމަށެވެ.
ހުކުރު ހުތުބާގެ ތަރުޖަމާ އިނގިރޭސިބަހުން ލައިވްކޮށް ގެނެސްދޭން ނިންމާފައިވާއިރު, އިސްލާމިކް މިނިސްޓްރީން އަންނަނީ ލައިވްކޮށް އިޝާރާތުގެ ބަހުންވެސް ޚުޠުބާ ގެނެސްދެމުންނެވެ.
ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީ މުސްލިމުން ދިރިއުޅޭ ގައުމަކަށްވީ ހިނދު, އެމީހުން އިޖްތިމާޢީ މިންގަނޑުތަކާއި އަޚްލާގަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޤައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާނެކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝާހީމް ޢަލީ ސަޢީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ގުޅުންހުރި

ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

ދަޢުވަތުގެ މަސައްކަތްތައް ކުރާ ޖަމްޢިއްޔާތަކަށް ޝަހީމްގެ ތައުރީފް!

ޙައްޖާއި ޢުމްރާގެ ޚިދުމަތް އާ ހަރުފަތަކަށް ގެންދިއުމަކީ ރައީސް މުޢިއްޒުގެ އަމާޒެއް - ޝަހީމް





