
ކުޑަހުވަދޫ ބީޗު ހޭންޑްބޯޅަ މުބާރާތުގެ ކޯ ސްޕޮންސަރ އަކަށް އެނޮކްސް
# ބީޗު ހޭންޑްބޯޅަ ޓޯނަމެންޓް # ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ދ. ކުޑަހުވަދޫ# ހޭންޑްބޯލް މޯލްޑިވްސްމުބާރާތުގެ ހިންގާ ކޮމެޓީގެ ނައިބް ރައީސް މުހައްމަދު އަސީދު ސައުދު އަދި އެނޮކްސް ޕްރޮޖެކްޓް މެނޭޖަރ ސާމީ ހުސެއިން ..
ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ބާއްވާ ދެވަނަ ބީޗު ހޭންޑްބޯޅަ މުބާރާތުގެ ކޯ ސްޕޮންސަރ އަކަށް އެނޮކްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފި އެވެ.

ކޯ ސްޕޮންސަރ އެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުޑަހުވަދޫ ސްޕޯޓްސް ކުލަބުގެ ފަރާތުން ސޮއިކުރެއްވީ މުބާރާތުގެ ހިންގާ ކޮމެޓީގެ ނައިބް ރައީސް މުހައްމަދު އަސީދު ސައުދު އެވެ. އަދި މިއެއްބަސްވުމުގައި އެނޮކްސް ޕަރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ ސާމީ ހުސެއިން އެވެ.
އެނޮކްސް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ އާއި ސިވިލް ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތަކަށް ހާއްސަ ކޮންސްޓްރަކްޝަން ކުންފުންޏެކެވެ. އަދި ޓެލެކޮމިއުނިކޭޝަން ދާއިރާގައި އެކުންފުނިން ދެމުންއަންނަ ޚިދުމަތްތަކުގެ ތެރޭގައި ޓެލެކޮމިއުނިކޭޝަންއަށް މުހިންމު، ނެޓްވޯކް ސްޓްރަކްޗަރތަކާއި، އެއާ ގުޅުންހުރި ޢިމާރާތްތައް އެޅުން ފަދަ ގިނަ ޚިދުމަތްތައް ހިމެނެއެވެ.
މީގެ އިތުރުން، ސިވިލް ކޮންސްޓްރަކްޝަން ދާއިރާގައި އެކުންފުނިން ދެމުންއަންނަ ޚިދުމަތްތަކުގެ ތެރޭގައި، ކާޕެންޓްރީ، އެލުމިނިއަމް ވޯކްސް، އިންޓީރިއާ ޑިޒައިނިންގ، ވެލްޑިންގ ވޯކްސް، އަދި އިލެކްޓްރިކަލް ވަޔަރިންގގެ ދާއިރާއިން ފެންވަރު ރަނގަޅު އިތުބާރުހުރި ޚިދުމަތްތަޖެއް ފޯރުކޮށްދޭ ބައެކެވެ.
މި މުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.
01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެޑިވިޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ފިރިހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިޑިވިޝަނުގައި ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ.
މީގެ އިތުރުން އަންހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިޑިވިޝަނުގައި ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި
%20(3).jpg&w=3840&q=75)
ކޭއެސްސީގެ 3 ވަނަ ބީޗް ހޭންޑް ބޯލް މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަރު ހުޅުވާލައިފި

ފަހަތުން އަރައި ހޮންކޮންގް އަތުން ރާއްޖެއަށް ތާރީޚީ މޮޅެއް

ވާދަވެރި ކުޅުމަށްފަހު ރާއްޖެ އަތުން މޮޅުވެ އީރާން ސެމީފައިނަލުން ޖާގަ ހޯދައިފި
