
--
ޣައްޒާގެ ސޭފް ޒޯނަކަށް ޔަހޫދީން އިޒްރޭލުން މިއަދުވެސް ބޮން އަޅައިފި އެވެ.

ޣައްޒާގައި ހަރަކާތްތެރިވަމުންދާ އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓްކުރާ ގޮތުގައި ޣައްޒާގެ ދެކުނުގެ ޚާން ޔުނިސް ކައިރީގައި އޮންނަ އަލްމަވާސީއަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބޮމުގެ ހަމަލާގައި ތިން މީހަކު ޝަހީދުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައި އެވެ.
އަލްމަވާސީ އަކީ ޔަހޫދީން މީގެ ކުރިންވެސް ވަރުގަދަ ހަމަލާއެއްދީ ގިނަ ބަޔަކު ޝަހީދުކޮށްލި ރެފިއުޖީ ކޭމްޕު ސަރަހައްދެކެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން މީގެ ކުރިން ވަނީ އެ ސަރަހައްދަކީ "ސޭފް ޒޯނެއް" ގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
އަލްމަވާސީއަށް މި މަހު އެތައް ފަހަރެއްގެ މަތިން އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދީފައިވާއިރު، އެންމެ ފަހުން އިއްޔެ ވެސް ދިން ހަމަލާއެއްގައި ދެ ކުޑަކުދިންނާއެކު ތިން މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ.
ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން މިއަދު ދިން ހަމަލާތަކުގައި މިހާތަނަށް 33 މީހުން ޝަހީދުވެފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން އަލްޖަޒީރާއަށް މައުލޫމާތު ދެއެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



